މާލެ: 31°C
ރެސިޕީ: ރެޑް ވެލްވެޓް ބްރައުނީސް

ރެސިޕީ: ރެޑް ވެލްވެޓް ބްރައުނީސް

March 20, 2024
3 ފަހަރު ބަލާފައި
ރެސިޕީ: ރެޑް ވެލްވެޓް ބްރައުނީސް
ރެޑް ވެލްވެޓް ބްރައުނީސް އަކީ ގޭގައި ތައްޔާރުކޮށްލަން ފަސޭހަ، ޕާޓީތަކަށާއި ރޯދަ ވީއްލުމަށް ފޮނިކާއެއްޗެއްގެ ގޮތުން ކާލަން މީރު އެއްޗެކެވެ. ބޭނުންވާތަކެތި: އައިސިންގ އަށް ބޭނުންވާތަކެތި:
  • 114 ގްރާމް ކްރީމް ޗީޒް
  • 2 މޭޒުމަތީ ސަމްސާ ހަކުރު
  • 1/4 ވެނީލާ އެސެންސް
  • 1 ބިސް
ބްރައުނީއަށް ބޭނުންވާތަކެތި:
  • 1/2 ޖޯޑު އަން ސޯލްޓަޑް ބަޓާ (ދިޔާކޮށްފައި)
  • 1/4 ކޮކޯ ޕައުޑާ
  • 1 ޖޯޑު ހަކުރު
  • 2 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
  • 2 ބިސް
  • 1 1/2 ސައި ސަމްސާ ފުޑް ކަލަރިންގް (ރަތް ކުލަ)
  • 1 ސައި ސަމްސާ ވިނެގާ
  • 3/4 ޖޯޑު ފުއް
  • 1/2 ސައި ސަމްސާ ލޮނު
ތައްޔާރުކުރާނެގޮތް:
  1. އައިސިންގް ތައްޔާރުކުރުމަށް ބޯތައްޓަކަށް ކްރީމް ޗީޒް، ހަކުރު، ވެނީލާ އެސެންސް އަދި ބިސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
  2. އެއަށްފަހު ބްރައުނީ ތައްޔާރުކުރުމަށް ތައްޓަކަށް އަންސޯލްޓަޑް ބަޓަރާއި ކޮކޯ ޕައުޑާ އެޅުމަށްފަހު ރަނގަޅަސް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ހަކުރު އަޅައި އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާނީއެވެ.
  3. ދެން އަޅާނީ ވެނީލާ އެސެންސާއި ބިހެވެ. އެއަށްފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު ފުޑް ކަލަރިންގް (ރަތް ކުލަ) އަޅައި އެއްކޮށްލުމަށްފަހު ވިނެގާ އަޅައި އަނެއްކާވެސް އެއްކޮށްލާނީއެވެ.
  4. އެއަށްފަހު ފުށް އަދި ލޮނު އަޅައި އެއްކޮށްލުމުން ރެޑް ވެލްވެޓް ބްރައުނީ ބަޓާ ތައްޔާރުވީއެވެ.
  5. ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު ތައްޔާރުކުރި މިކްސް އަޅާލާށެވެ. އަދި 350 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަނެއްގައި 25-22 މިނެޓް ވަންދެން ފިހެލާށެވެ.
  6. ފިހަން ލީ މިކްސް ފިހެވުމުން ހިހޫ ކުރުމަށްފަހު ބްރައުނީސްތަކުގެ ބައްޓަމަށް ކަފާލުމަށްފަހު މަތީގައި އައިސިންގް ފަތުރާލާށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ