މާލެ: 31°C
ރެސިޕީ: ކަދުރު ފޮޅި

ރެސިޕީ: ކަދުރު ފޮޅި

April 2, 2024
2 ފަހަރު ބަލާފައި
ރެސިޕީ: ކަދުރު ފޮޅި
ފަހަކަށް އައިސް ތަފާތު ވައްތަރުގެ ފޮޅިތައް ތައްޔާރުކުރަމުންދާއިރު، ކަދުރު ފޮޅިއަކީ ވެސް މިހާރު ގިނަ މީހުންނަށް ކަމުދާ ފޮޅިއެކެވެ. ބޭނުންވާތަކެތި:
  • 1 ދަޅު ގެރިކިރު
  • 9 ބިސް
  • 50 ގްރާމް ކަދުރު (އޮށް ނަގާފައި)
  • 3 މޭޒުމަތީ ސަމްސާ ފުށް
  • 1/2 ޖޯޑު ފެން
  • 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
  • 1/2 ޖޯޑު ހަކުރު
ތައްޔާރުކުރާނެގޮތް: ކަދުރު ފޮޅި ތައްޔާރުކުރުމަށް ފުރަތަމަ ބްލެންޑަރަށް ބިހާއި ގެރި ކިރާއި ފުށާއި ފެން އަދި ކަދުރު އަޅައި ރަނގަޅަށް މިކްސްކޮށްލާށެވެ. ދެން ތަވާއުދާލާފައި ބަޓަރުކޮޅެއް ހާކާލުމަށްފަހު ތުނިކޮށް ފޮޅި އަޅާފައި އޮޅާލާށެވެ. ހުރިހާ ފޮޅިތައް ފިހެ ނިމުމުން، ތަވާއަކަށް ހަކުރު އަޅާފައި ހަކުރުކޮޅު ބްރައުންވަންދެން (ހިތިރަހަނުލާވަރަށް) ފޮޅިތަކުގެ ބޭރުގައި ހަކުރު ހާކާފައި ޓްރޭއެއްގައި އަތުރާލުމުން ކަދުރު ފޮޅި ތައްޔާރުވީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ