މާލެ: 31°C
ރެސިޕީ: ފުލްކްރީމް ޗޮކްލެޓް ޕުޑިންގ

ރެސިޕީ: ފުލްކްރީމް ޗޮކްލެޓް ޕުޑިންގ

April 8, 2024
3 ފަހަރު ބަލާފައި
ރެސިޕީ: ފުލްކްރީމް ޗޮކްލެޓް ޕުޑިންގ
ބެނުންވާތަކެތި:
  • 1 ފުލްކްރީމް މިލްކް ޕެކެޓް (ބޮޑު)
  • 1 ޕްލައިން ޗޮކްލެޓް (ގާނާފައި)
  • 2 ސައި ސަމްސާ ބަޓަރު
  • 2 މޭޒުމަތީ ސަމްސާ ކޯންފްލާ
  • 1 ޕެކެޓް މާރީ ބިސްކޯދު
  • 1 ދަޅު ގެރިކިރު
  • 2 ބިސް
ތައްޔާރުކުރާނެގޮތް: ފުލްކްރީމް ޗޮކްލެޓް ފުޑިންގ ތައްޔާރުކުރުމަށް ފުރަތަމަ ގެރިކިރާއި ބިހާއި ބަޓަރު އަދި ކޯންޕްލާ މިސްޓަރަށް އަޅާލުމަށްފަހު ރަނގަޅަށް މިކްސްކޮށްލާށެވެ. އެއަށްފަހު ރޯކިރު ޕެކެޓް ތެއްޔަކަށް އަޅާލުމަށްފަހު އުނދުން މައްޗަށް އުދާލާށެވެ. ކިރު ހޫނުވާން ފެށުމުން ކުރިން މިކްސްކުރި ބައި މަދުމަދުން ތެއްޔަށް އަޅަމުން މަޑު ގިނީގައި ކައްކަމުން ގެންދާށެވެ. ދެން ބޭނުންވާ ވަރަށް ތަތްވުމުން އުނދުން މަތިން ބާލާށެވެ. އެއަށްފަހު ކެއްކި އެއްޗެތިން އެއްބައި ޓްރޭ އަކަށް އަޅާށެވެ. ދެން މާރީ ބިސްކޯދު އެއިގެ މަތީގައި ފަތުރާށެވެ. އެއަށްފަހު ތެލީގައި ބާކީ ހުރިބައި އެއިގެ މައްޗަށް ރީތިކޮށް އަޅާލާށެވެ. ދެން ގާނާފައި ހުރި ޗޮކްލެޓް މައްޗަށް އަޅާލާށެވެ. ރަނގަޅަށް ހިހޫވުމުން އައިސް އަލަމާރިއަށްލާ ރަނގަޅަށް ފިނިކޮށްލާށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ