މާލެ: 31°C
ރެސިޕީ: ބީފް ލަޒާންޔާ

ރެސިޕީ: ބީފް ލަޒާންޔާ

March 23, 2024
3 ފަހަރު ބަލާފައި
ރެސިޕީ: ބީފް ލަޒާންޔާ
ބީފް ލަޒާނިޔާ އަކީ އިޓަލީގައި ވަރަށް މަގްބޫލު އަދި ގޭގައި ތައްޔާރުކޮށްލަން ފަސޭހަ، މީރު ކެއުމެކެވެ. ބޭނުންވާތަކެތި:
  • 250 ގްރާމް ލަޒާނިޔާ ޝީޓްސް
  • 2 މޭޒުމަތީ ސަމްސާ ތެޔޮ
  • 1 ފިޔާ (ކޮށާފައި)
  • 1 ލޮނުމެދު
  • 500 ގްރާމް ބީފް
  • 5 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް
  • 2 ރޯ ޓޮމާޓޯ
  • 2 ޖޯޑު ޗިކެން ސްޓޯކް
  • 1 ސައި ސަމްސާ ލޮޮނު/ އަސޭމިރުސް
  • 2 މޭޒުމަތީ ސަމްސާ ބަޓާ
  • 2 މޭޒުމަތީ ސަމްސާ ފުއް
  • 2 ޖޯޑު ކިރު
  • 125 ގްރާމް މޮޒެރެއްލާ/ ޗެޑާ ޗީޒް
ތައްޔާރުކުރާނެގޮތް: މީޓް ސޯސް ތައްޔާރުކުރާނެގޮތް: މީޓް ސޯސް ތައްޔާރުކުރުމަށް ފުރަތަމަ ތެެއްޔަކަށް ތެޔޮ އެޅައި ހޫނުވުމުން ފިޔާ އަދި ލޮނުމެދު ރަނގަޅަށް މީރުކޮށްލާނީއެވެ. ދެން އޭގެ ތެރެއަށް ޓޮމާޓޯ ޕޭސްޓް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ޗިކެން ސްޓޮކް އަޅާނީއެވެ. އެއަށްފަހު ލޮނާއި އަސޭމިރުސް އެޅުމަށްފަހު 20 މިނެޓް ވަނެދެން ކައްކާލުމުން މީޓް ސޯސް ތައްޔާރުވީއެވެ. ޗީޒް ސޯސް ތައްޔާރުކުރާނެގޮތް: ޗީޒް ސޯސް ތައްޔާރުކުރުމަށް އެހެން ތެއްޔެއްގެ ތެރެއަށް ބަޓާ ދިޔާކޮށްލުމަށްފަހު ފުއް އަޅައި މެދު ގިނީގައި 2 މިނެޓަށް ކައްކާލާނީއެވެ. ދެން އޭގެ ތެރެއަށް ކިރު އެޅުމަށްފަހު އޮލަ ވަންދެން ހަލުވާނީއެވެ. އެއަށްފަހު ލޮނާއި އަސޭމިރުހާއި ޗީޒް އެޅައި ރަނގަޅަށް ދިޔާވަންދެން މިކްސް ކުރެވުމުން ޗީޒް ސޯސް ތައްޔާރުވީއެވެ. އެއަށްފަހު އަވަނަށްލުމަށް ފުރަތަމަ ބޭކިންގ ޕޭންއަށް 1 ޖޯޑު މީޓް ސޯސް އެޅުމަށްފަހު ލަޒާނިޔާ ޝީޓްސްތައް މަތީގައި އަތުރާލާނީއެވެ. ދެން އަނެއްކާވެސް މީޓް ސޯސް އެޅުމަށްފަހު އޭގެ މައްޗަށް ޗީޒް ސޯސް އަޅާނީއެވެ. އެގޮތަށް 4 ލޭޔާ ހެދޭނެއެވެ. ނަމަވެސް މައްޗަށް އިންނަންވާނީ ޗީޒް ސޯސް ލޭޔާއެވެ. ލޭޔާކޮށް ނިމުމުން މައްޗަށް ޗީޒް އަޅައި ކުރިން ހޫނު ކޮށްފައި ހުރި އަވަނަށް 180 ޑިގްރީ ސެލްސިއަސް އަށް 40-35 މިނެޓަށް ފިހެލަންލާނީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ