މާލެ: 31°C
ރީ-ރަޖިސްޓްރީ ވާ އިރު ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް އީސީއިން އިލްތިމާސްކޮށްފި

ރީ-ރަޖިސްޓްރީ ވާ އިރު ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް އީސީއިން އިލްތިމާސްކޮށްފި

July 20, 2023
2 ފަހަރު ބަލާފައި
ރީ-ރަޖިސްޓްރީ ވާ އިރު ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް އީސީއިން އިލްތިމާސްކޮށްފި
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރީ ވުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި ރީ-ރެޖިސްޓާ ކުރުމަށް ފޯމު ހުށަހެޅުމުގައި ހުށަހެޅޭ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް އިލެންކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ. އީސީގެ ނައިބު ރައީސް މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފޯމު ހުށަހަޅާ އިރު ރަނގަޅަށް ފޯމުހުށަހޅުމަށް ސަމާލުވާން ވާނެކަމަށެވެ. އެގޮތުން، ރިސޯޓުތަކުގެ ރަޖިސްޓްރީ ކުރާ މީހުންނަކީ އެ ރިސޯޓެއްގެ މުވައްޒަފުންނަށް ވާންޖެހޭނެ ކަމަށް އިސްމާއިލް ހަބީބު ވިދާޅުވެފައިވެއެވެ. އެކަން ކަށަވަރުކުރަން ހުށަހަޅާ އައިޑީކާޑު ކޮޕީގައި ރިސޯޓުގެ ތައްގަޑު ޖަހަން ޖެހެއެވެ. ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ، ރަޖިސްޓަރީވުމަށް ފުރުސަތު ހުޅުވާލިތާ ފުރަތަމަ ތިން ދުވަހު ޖުމްލަ 1321 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީ އިން ބުންޏެވެ. އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބަށް ރީ-ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފާވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. ރީ-ރަޖިސްޓްރީ ކުރާ ފަރާތްތަކުން 16 ޖުލައިން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ހުށަހެޅޭނެއެވެ. އެހެންނަމަވެސް 16 ޖުލައިން 5 އޮގަސްޓާއި ހަމައަށް ކަރުދާސް ފޯމުތައް މެދުވެރިކޮށް ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާނެ ކަމަށް ވެސް އީސީ އިން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ