މާލެ: 31°C
ރީ-ރެޖިސްޓްރޭޝަނަށް 10،000އަށް ވުރެ ގިނަ ފޯމު ހުށަހެޅި

ރީ-ރެޖިސްޓްރޭޝަނަށް 10،000އަށް ވުރެ ގިނަ ފޯމު ހުށަހެޅި

March 17, 2024
2 ފަހަރު ބަލާފައި
ރީ-ރެޖިސްޓްރޭޝަނަށް 10،000އަށް ވުރެ ގިނަ ފޯމު ހުށަހެޅި
އަންނަ އޭޕްރިލް 21،ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތާރީހު ބަދަލުވުމާ ގުޅިގެން ރަށް ވެހިވެފައިވާ ތަން ނޫން ތަނެއްގައި ވޯޓްލާން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި އެކަމަށް 10،028 މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރީރެޖިސްޓާ ކުރުމުގެ ސުންގަޑި އިއްޔެ 3:00 އަށް ހަމަވިއިރު، ލާފައިވާ 11،169 ފޯމުގެ ތެރެއިން ސައްހަ ކަމަށް އީސީއިން ކަނޑައެޅީ 10،028 ފޯމެވެ.

މަޖިލިސް އިންތިހާބުގައި ރާއްޖޭން ބޭރު ގައުމުތަކާއި ސިނާއީ ރަށްތަކާއި ރިސޯޓުތައް ވޯޓުލާން ރީރެޖިސްޓާ ކުރަން ޖެހޭނެ އެވެ. އޭގެ އިތުރަށް ރީރެޖިސްޓާކުރަން ޖެހޭނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާފައިވާ ރަށް ނޫން އެހެން ތަނެއްގައި މި ފަހަރު ވޯޓުލާން ބޭނުންވާ ފަރާތްތަކެވެ.

މިފަހަރުގެ އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގަ އެވެ. އެއީ މެލޭޝިއާ، އިންޑިއާ އަދި ސްރީލަންކާ އެވެ. އިނގިރިލޭސި ވިލާތާއި ޔޫއޭއީ އަދި ތައިލޭންޑުގައި ފޮށި ބަހައްޓަން އިލެކްޝަނުން ނިންމާފައި ވާ އަދަދު ކަމަށްވާ 150 މީހުން ހަމަނުވާތީ އެގަމުތަކުގައި ވޯޓުފޮށި ނުބަހަށްޓައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ