ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން "މިހާރު" ާއާއި "ދިޔަރެސް" އާ ދެކޮޅަށް އަބުރުގެ ދައުވާކުރައްވަން ނިންމަވައިފި އެވެ.
ޔާސިރު ދައުވާކުރައްވަނީ، އާރްޑިސީގެ އެކައުންޓުން އެތަނުގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަންފެށުމުން، ނޫސްތަކުން ލިޔުނު ހަބަރުތަކާ ގުޅިގެން ޔާސިރުއާއި މެދު ދޮގުހަަބަރުތައް ފަތުރާފައިވާތީކަމަށް އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.
[embed]https://twitter.com/youyoyaa/status/1681298697588703234[/embed]ޔާސިރު ނެރުއްވި ބަޔާނުގައި ވަނީ އޭނާގެ އެކައުންޓަށް ކުންފުނީގެ ފައިސާ ޖަމާކޮށް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަަކަތަކެއް ކަމަށެވެ. އަދި އެއީ އާރްޑީސީ އާއި އެ ކުންފުނީގެ މުވައްޒަފުންނާއި ކުންފުނީގެ ކްލަޔަންޓުންނާ މެދު އުފެދިފައިވާ އިތުބާރު ނަގާލައި ނުބައި ތަސައްވުރެއް ދިނުމަށް ފެތުރި ދޮގު ޚަބަރުތަކެއް ކަމަށެވެ.
ޔާސިރުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާގެ އެކައުންޓަށް މިދިޔަ ތިން އަހަރު ތެރޭ ކުންފުނީގެ އެކައުންޓަކުން ފައިސާ ޖަމާކޮށްފައި ނުވާނެ ކަމަށެވެ. އަދި ކުންފުނީގެ އެއްވެސް އޮޑިޓަކުން އުސޫލު ހިލާފް އެއްވެސް މައްސަލައެއް ފާހަގަވެފައި ނެތްކަމަށް ވެސް ޔާސިރު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް ތަނުގައި ވެސް އެގޮތުގައި އުސޫލުތައް ހިފަހައްޓަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.







