މާލެ: 31°C
ރައްޔިތުންނަށް ލާބަ ލިބޭ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވާނަން: މޭޔަރު އާޒިމް

ރައްޔިތުންނަށް ލާބަ ލިބޭ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވާނަން: މޭޔަރު އާޒިމް

January 22, 2024
3 ފަހަރު ބަލާފައި
ރައްޔިތުންނަށް ލާބަ ލިބޭ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވާނަން: މޭޔަރު އާޒިމް
ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ކުރިއަށްގެންދާ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވާނޭކަމަށާއި އެފަދަ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދޭނޭކަމަށް މާލެސިޓީގެ މޭޔަރުކަމުގެ ހުވާ ކުރެެއްވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލެސިޓީގެ ކައުންސިލް މެމްބަރުން ހުވާކުރެއްވުމަށްޓަކައި މިރޭ ބޭއްވި މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އާދަމް އާޒިމް ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ސަރުކާރުން ހިންގާ ކަންތައްތަކަށް މޭޔަރުގެ ހައިސިއްޔަތުން އޭނާ އަބަދުވެސް އެއްބާރުލުން ދެއްވާނޭ ކަމަށެވެ. މިގޮތުން މާލެސިޓީގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ސަރުކާރާއެކު ހުންނަވާނޭކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ. މޭޔަރު އާޒިމް ވިދާޅުވީ، މާލޭގައި ދިރިއުޅެމުންދާ މާލޭގެ ރަށްވެހި ބައެއް އާއިލާތަކުގެ އިދިއުޅުމަށް ބަލާއިރު، ފެންނަނީ ފިތްކަނޑައިގެންދާވަރުގެ ހިތްދަތި ދިރިއުޅުމެއް ކަމަށެވެ. އެތައް ކުދިންނެއް މަންމަ އާއި ބައްޕަ އާ އެކުގައި އެއް ކޮޓަރިއެއްގައި ދިރިއުޅެން ޖެހިފައިވުމުން އިޖުތިމާއީ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހި ގިނަ އަދަދެއްގެ ކުދިން ކުށުގެ ވެއްޓަށްވެސް ހުށަހެޅުފައިވާކަމަށެވެ. [caption id="attachment_96270" align="alignnone" width="1280"] އާދަމް އާޒިމް، މޭޔަރުކަމުގެ ހުވާކުރެއްވުމުގެ ތެރެއިން---[/caption] މިކަންކަން ހައްލުކުރެވޭނީ އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރެވިގެންކަން ފާހަގަކުރައްވަމުން މޭޔަރު އާދަމް އާޒިމް ވަނީ އުތުރު ތިލަފަޅުގައި އެމްޑީޕީ ސަރުކާރުން ފެށުމަށް ތައްޔާރުވި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ކަންކަން ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ