ރައްޔިތުންނަށް ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދާ ދިނުމުގައި ބައިވެރިވަން: ނާޒިމް

ރައްޔިތުންނަށް ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދާ ދިނުމުގައި ބައިވެރިވަން: ނާޒިމް
ލިޔުން:
ރައްޔިތުންނަށް ޖެހިފައި މިވާ ތަކުލީފަށް ލުޔެއް ހޯދާ ދިނުމުގައި ބައިވެރިވެވަޑައިންނަވާ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީގެ ފަރާތުން ފޮތިކޮތަޅު ތައާރަފްކޮށް އާންމުކޮށް ބެހުން ކުރިޔަށް ގެންދިޔުމަށް މިއަދު ހަވީރު މާލޭގައި ބޭއްވި ޑޯޓުޑޯ އިވެންޓު ހަރަކާތެއްގައެވެ.
ނާޒިމް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެ ފޮތިކޮތަޅު ތައާރަފް ކުރަން ޖެހުނު ސަބަބަކީ ރައްޔިތުންނަށް ސަރުކާރުން ޖައްސާފައިމިވާ ތަކުލީފަށް ލުޔެއް ދިނުމައްޓަކާ ކަމަށާއި އަދި ކުރިޔަށް އޮތްތަނުގައިވެސް ރައްޔިތުންނަށް ޖެހޭ މިފަދަ ބުރަތަކުގައި އެމަނިކުފާނު ރައްޔިތުންނާއި އެކު ރައްޔިތުންނަށް ލުއި ގޮތް ހޯދާދިނުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.
އެމްއެންޕީން ބުނީ، މިއަދު ހަވީރު މާލޭގައި ޕާޓީގެ ފަރާތުން ބެއްވި މި ހަރާކާތައް އާންމު ރައްޔިތުންގެ ތަރުހީބު ލިބިގެން ގޮސްފައިވާކަމަށެވެ.
ކަސްޓަމަރުންގެ އަތުން ޕްލާސްޓިކް ކޮތަޅަށް ރުފިޔާ ނެގޭގޮތަށް، "ކުނި މެނޭޖްކުރުމުގެ ބިލަށް" ރައީސް ތަސްދީގު ކުރެއްވީ 18 ޑިސެމްބަރ 2022 ގައެވެ.
އެ ބިލް ސަރުކާރުން މަޖިލީހަށް ހުށަހަޅައި ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނެގުމުގެ ބިލް ފާސްވުމާއިއެކު ގިނަބައެއްގެ ފާޑު ކިއުން ސަރުކާރަށް އާމާޒުވެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
