މާލެ: 31°C
ރައްޔިތުންގެ ކަންބޮޑުވުން ސީދާ ރައީސްއަށް ހުށަހެޅޭ ޕޯޓަލް ގާއިމްކޮށްފި

ރައްޔިތުންގެ ކަންބޮޑުވުން ސީދާ ރައީސްއަށް ހުށަހެޅޭ ޕޯޓަލް ގާއިމްކޮށްފި

February 23, 2024
3 ފަހަރު ބަލާފައި
ރައްޔިތުންގެ ކަންބޮޑުވުން ސީދާ ރައީސްއަށް ހުށަހެޅޭ ޕޯޓަލް ގާއިމްކޮށްފި
ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ހުށަހެޅޭގޮތަށް ގާއިމްކުރުމަށް ނިންމި ޕޯޓަލް މިރޭ ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހުކޮށްފައިވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބޭއްވި "އަހާ" ފޯރަމްގެ ތެރެއިންނެވެ. މި ޕޯޓަލް އިފްތިތާހުކުރުމުން ރައްޔިތުންގެ ކަންބޮޑުވުމެއް ނުވަތަ ސުވާލެއް އޮތްނަމަ މިހާރު ސީދާ ރައީސަށް ހުށަހެޅޭނެއެވެ. މި ޕޯޓަލްގެ ވެބް އެޑްރެހަކީ، http://www.citizensvoice.gov.mv އެވެ. މި ޕޯޓަލް މެދުވެރިކޮށް ސުވާލު ފޮނުއްވެނީ އީފާސް މެދުވެރިކޮށެވެ. ޕޯޓަލް އިފްތިތާހުކުރުމަށްފަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނަކީ ރައްޔިތުންނަށް ހިދުމަތްކުރުމަށް އައިސްހުންނެވި ރައްޔިތުންގެ ހާދިމެއްކަމުން، މިފަދަ ޕޯޓަލެއް ގާއިމްކުރުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަމަށެވެ. އެއީ އެމަނިކުފާނު ރިޔާސީ ކެމްޕެއިން ތެރޭގައިވެސް ރައްޔިތުންނާ ދެއްކެވި ވާހަކައެއްކަމަށް ރައީސް ވިދާޅުވިއެވެ. "ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުރެގެން މަސައްކަތް ކުރަންޏާމު އަޅުގަނޑަށް ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ މަގުތައް ފަހިކުރަންޖެހޭނެ. ބޭނުން އެގޮތަށް އެކަންކުރަން" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަހާ ނަމުގައި ފޯރަމެއްވެސް ބޭނުމުގެ މަގުސަދަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުން ކަމަށެވެ. އޮންލައިނުކޮށް ހުޅުވުނު މި ޕޯޓަލް މެދުވެރިކޮށް ހަމަ ކޮންމެ ރައްޔިތަކަށްވެސް ކަންކަން އަހައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ