މާލެ: 31°C

ރައްޔިތުން ނިކުމެ އެމްޑީޕީއަށް ދިން މެސެޖަކީ މި ވެރިކަން ބަދަލުކުރަން ނުވަތަ ހަމަމަގަށް އަޅުވަންޖެހޭކަން: ފައްޔާޒް

February 1, 2025
138 ފަހަރު ބަލާފައި
ރައްޔިތުން ނިކުމެ އެމްޑީޕީއަށް ދިން މެސެޖަކީ މި ވެރިކަން ބަދަލުކުރަން ނުވަތަ ހަމަމަގަށް އަޅުވަންޖެހޭކަން: ފައްޔާޒް
ރައްޔިތުން ނިކުމެ އެމްޑީޕީއަށް ދިން މެސެޖަކީ މި ވެރިކަން ނިންމަން ނުވަތަ ހަމަމަގަށް އަޅުވަންޖެހޭކަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއެއްޖެއެވެ.

ރައްޔިތުން ނިކުމެ އެމްޑީޕީއަށް ދިން މެސެޖަކީ މި ވެރިކަން ބަދަލުކުރަން ނުވަތަ ހަމަމަގަށް އަޅުވަންޖެހޭކަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއެއްޖެއެވެ.

ސަރުކާރުގެ އިސްރާފު ބޮޑުވެ މުދަލާ ޚިދުމަތުގެ އަގުތައް އުފުލި ކޮރަޕްޝަނާއި ފަސާދަ ސަރުކާރުގެ ތެރޭގައި އިންތިހާއަށް ބޮޑުވެއްޖެކަމަށްބުނެ އެކަންކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައި އަޑުއުފުލުމުގެ ގޮތުން އެމްޑީޕީން ރޭ ބޭއްވި ހިނގާލުން ނިންމާލުމުގެ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަމުން ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް މި ނިކުތީ ސަރުކާރުން ސިޔާސަތުތަކާއި ވެރިކަން ކުރުމުގެ ވައްޓަފާޅީގެ ގައުމަށާއި ރައްޔިތުންނަށް ލިބެމުންއަންނަ ނިކަމެތިކަމުގެ ސަބަބުން ސަރުކާރު ހަމަ މަގަށް އެޅުމަށް ކަމަށާއި، އެމްޑީޕީ އާއެކު ރޭ ނިކުތް ރައްޔިތުންގެ އަދަދުން ހާމަވަނީ މިސަރުކާ ދާދި އަވަހަށް ބަދަލުކުރަން ނުވަތަ ހަމަމަގަށް އަޅުވަން އެމްޑީޕީ ހަރަކާތްތައް ވަރުގަދަކުރަންޖެހޭ ކަމަށެވެ.

ފައްޔާޒުގެ ވާހަކާގައި ސިދާގޮތުން ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ސަރުކާރުން ދަނީ ބަލާލުމެއްނެތި ރައްޔިތުމީހާ ނިކަމެތިވާނެ ގޮތަށް ކަންކަން ކިުރަމުން ކަމަށާއި އެގޮތުން ދިރިއުޅުމުގެ އަގުތަށް އުފުލި ސަރުކާރުން ރައްޔިތުންނަށް ދެމުންއައި އާސަންދައާއި އެންސްޕާ ފަދަ ޚިދުމަތްތަކުން ވަށްކަންކޮށް ސަރުކާރުން ރައްޔިތުންގެ ހައްގުގައި ފަށާފައިވާ ތަރައްގީގެ ހުރިހާ މަޝްރޫޢުތަކެއް ހުއްޓާލާފައިވާ ކަމަށެވެ.

ޑިމޮކްރެޓިކް ސިސްޓަމް ބޭނުންކޮށްގެން ޕީޕީއެން ނުވަތަ ޕީއެންސީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ޤާނޫނު އަސާސީއާއި ގާނޫނުތައް ބަދަލުކޮށް ރައްޔިތުންގެ ބާރު ކަނޑުވާލައި ރައްޔިތުންގެ ހައްގުތަށް ނިގުޅަންނަ ކަމަށާއި އެފަދަ ކޮންމެ ފަހަރެއްގައި އެމްޑީޕީ އިސްވެ ކުރިއަށް ނިކުމެ ގައުމު ހަމަމަގަށް އަޅުވަން ޖެހިފައިވާ ކަމށާއި، އެގޮތުން މިފަހަރުވެސް މި އޮތީ އެމަސައްކަތް އެމްޑީޕީއަށް ކުރަންޖެހިފައި ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ