މާލެ: 31°C

ރަސްމީ ދަތުރެއްގައި ލަންކާގެ ޑިފެންސް ޗީފް ރާއްޖެއަށް ވަޑައިގެންފި

January 4, 2023
2 ފަހަރު ބަލާފައި
ރަސްމީ ދަތުރެއްގައި ލަންކާގެ ޑިފެންސް ޗީފް ރާއްޖެއަށް ވަޑައިގެންފި
ރަސްމީ ދަތުރެއްގައި ލަންކާގެ ޑިފެންސް ޗީފް ރާއްޖެއަށް ވަޑައިގެންފި
ލަންކާގެ ޗީފް ޑިފެންސް ޗީފް ސިލްވާ ޝަަވެންދުރާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓުން މަރުޙަބާ ވިދާޅުވީ އެމް އެން ޑީ އެފް ގެ ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް  އަބްދުލް ރަހީމް އަބްދުލް ލަތީފް އެވެ. އޭނާގެ ދަތުރާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. [embed]https://twitter.com/MNDF_Official/status/1610494002096394240?s=20&t=SgzchqRm8HXrS-45VFV6TQ[/embed] އަވަށްޓެރި ސްރީ ލަންކާ އަކީ ދިފާއީ ދާއިރާއިން އިން ރާއްޖެ އާއި ގާތް ގުޅުމެއް އިންނަ ގައުމެކެވެ. ލަންކާ އާއި ރާއްޖޭގެ ސިފައިން ގުޅިގެން ތަމްރީން ތަކާއި ، ފަރިތަ ކުރުންތައް ވަރަށް ގިނައިން ކުރިޔަށް ގެނދެ އެވެ. ލަންކާއާއި ރާއްޖެ އަދި އިންޑިއާގެ ސިފައިން ގުޅިގެން "ދޯސްތީ"ގެ ނަމުގައި ކޮންމެ  ކުރިއަށް ގެންދާ ތަމްރީނުތަކަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. އެ ތަމްރީނުތަކުގެ މަގުސަދަކީ ތިން ގައުމުގެ ވެސް ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމެވެ. ސްރީލަންކާއަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއާ އެންމެ ގުޅުން ބޮޑު އެއް ގައުމެވެ. ތައުލީމާއި އެކިއެކި އެހެން ބޭނުންތަކުގައި އެގައުުމުގައި ގިނަ އަދަދެއގްގެ ދިވެހިން ދިރިއުޅެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ