މާލެ: 31°C

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް

February 10, 2025
718 ފަހަރު ބަލާފައި
ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާ ކަމާ ޚަވާލުވެވަޑައިގަތްފަހުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާއިން އަވަށްޓެރި ގައުމުތަކާ އެކު ބާއްވަމުން އަންނަ ނެއިބަހުޑް ފަސްޓް ސިޔާސަތުގެ ދަށުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކްސަބާ ރައީސް ޝްރީ އޯމް ބިރްލާގެ ދައުވަތަކަށް ކުރައްވާ ދަތުރު ފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން އަބްދުއްރަހީމް ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އެއަށްފަހު މަޖިލީހުގެ ރިޔާސަތު ވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ހަވާލުކުރައްވައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ