މާލެ: 31°C
ރަސްމާލެ ހިއްކަން 700 މިލިއަން ޑޮލަރު ހަރަދުވާނެ: ކޮންސްޓްރަކްޝަން މިނިސްޓަރު

ރަސްމާލެ ހިއްކަން 700 މިލިއަން ޑޮލަރު ހަރަދުވާނެ: ކޮންސްޓްރަކްޝަން މިނިސްޓަރު

January 4, 2024
3 ފަހަރު ބަލާފައި
ރަސްމާލެ ހިއްކަން 700 މިލިއަން ޑޮލަރު ހަރަދުވާނެ: ކޮންސްޓްރަކްޝަން މިނިސްޓަރު
ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރު މަދުވެގެން ކޮންޓްރެކްޓް ހަވާލު ކުރި ކުންފުނިން ހަރަދުކުރަންޖެހޭނެ ކަމަށް ލަފާކުރައްވަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްރޫއަށް ހިނގާނެ ހަރަދާ ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ދައުލަތުން އެއްވެސް ހަރަދެއް ނުކުރި ނަމަވެސް އެހާ ބޮޑު ސަރަހައްދެއް ހިކުމަކީ ބޮޑު ހަރަދެއް ދާނެ ކަމެއް ކަމަށެވެ.

އެންމެ މަދުވެގެން ވެސް 500-700 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

"އެއީކީ ކުޑަ ހަރަދެއް ނޫން. ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އެންމެ މަދުވެގެން ވެސް ހަރަދުވާނެ. އެތަނުގެ ފުން މިނާއި ހިއްކާ ތަނާއި ވެލި ބޭނުންވާ އަދަދާއި ވެލި ނަގާ ސަރަހައްދާ، މި ހުރިހާ އެއްޗަކަށް ބަލާފަ އަގެއް އެސްޓިމޭޓު ކުރެވިދާނެ" ޑރ. މުއްތަލިބު ވިދާޅުވި އެވެ.

ސަރުކާރަށް ފުށިދިއްގަރުން 1093 ހެކްޓަރު ބިން ލިބޭ އިރު މަސައްކަތް ހަވާލުކުރި ސީއެމްސީސީ އަށް ލިބެނީ އެތަނުން 60 ހެކްޓަރު ބިމާއި ހުޅުމާލެއިން 10 ހެކްޓަރު ބިން ކަމަށް މިނިސްޓަރު މިއަދު ވެސް ވިދާޅުވި އެވެ.

"ރަސްމާލެ" ނަމުގައި ތަރައްގީ ކުރާ އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިވިލް މެރީން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ންނެވެ. އެ މަޝްރޫއަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ ކުންފުންޏަށް ދެނީ 70 ހެކްޓަރުގެ ބިމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ