މާލެ: 31°C
ރަށު ޕިކަޕުން ނަގާ ފީ އުވާލަނީ

ރަށު ޕިކަޕުން ނަގާ ފީ އުވާލަނީ

March 3, 2024
2 ފަހަރު ބަލާފައި
ރަށު ޕިކަޕުން ނަގާ ފީ އުވާލަނީ
ރަށު ޕިކަޕުން ނަގަމުން އަންނަ ފީ، އަންނަމަހުން ފެށިގެން އުވާލާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އުތުރުގެ އަތޮޅުތަކުގެ ތެރެއިން ރ.އަތޮޅު ދުވާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރަށު ޕިކަޕުން ނަގަމުން އަންނަފީ އާ ގުޅޭގޮތުން ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބިފައިވާކަމަށެވެ. ރަށު ޕިކަޕުގެ ގޮތުގައި އަތޮޅުގެ ރަށްތަކުގައި ދުއްވަމުންދާ ޕިކަޕްތަކަކީ ކަރަންޓުން ޗާޖުކޮށްގެން ދުއްވާ އަދި ތިމާވެއްޓާ ރައްޓެހި، އުޅަނދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ އުޅަނދު ތަކުން ދައްކާ ފީ ކަނޑާލަދިނުމަށް ގިނަ ކައުންސިލްތަކަކުން އެދިފައިވާ ކަމަށެވެ. ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަކީ ސަރުކާރުން ބާރުއަޅާ ކަމެއްކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ރަށު ޕިކަޕުން ދައުލަތައް އަހަރީ ފީގެ ގޮތުގައި ދައްކަންޖެހޭ 1800 ރުފިޔާ އަންނަމަހުން ފެށިގެން އުވާލުމަށް ނިންމާފައިވާކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުން އެދޭ ގޮތް ބައްލަވައި، އެ ރަށްޔިތުންނަށް ބޭނުންވާ ކަންކަންކަން އެ އޮންނަ އުސޫލުގެ މަތިން ކޮށްދެއްވަމުން ގެންދަވާނޭކަމަށެވެ. ރަށު ޕިކަޕަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ބޭނުންކުރަމުން އަންނަ އުޅަނދެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ