މާލެ: 31°C

ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތް: އިމްރާން

ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތް: އިމްރާން
May 22, 2023
2 ފަހަރު ބަލާފައި
ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތް: އިމްރާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި، ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ތަހުގީގުން ހާމަވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާ މެންބަރު ހުސައިން ފިރުޝާން މިނިސްޓަރު އިމްރާން އާ ސުވާލުކުރެއްވީ، ޕޯސްޓް މޯޓަމް ހެދިފަހުން އާއިލާއަަށް ހަބަރެއް ނޭނގޭ ކަމަށް ވިދާޅުވެ، އެމައްްސަލައިގައި ކުރަނީ ކޮން ތަހުގީގެއްތޯއެވެ.

ޖަވާބުގައި އިމްރާން ވިދާޅުވީ ފުލުހުންގެ ސީދާ އަނިޔާއެއް ނުވަތަ ގަސްދުގައި އިހުމާލެއް އޮވެގެން އެނާ މަރުވި ކަމަށް ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި މައްސަލާގައި ޔަގީން ކުރަން ބޭނުންވީ އެކަން ކަމުގައި އިމްރާން ވިދާޅުވިއެވެ. 

މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން މީގެ ކުރިންވެސް ވަނީ މިނިސްޓަރު އިމްރާނާއި މި މައްސަލާގައި ސުވާލުކުރައްވާފައެވެ. އޮގޮތުން މިދިޔަ މާޗް މަހު ވެސް ފިރުޝާން ވަނީ  އަބްދުﷲ ރަޝީދުގެ މަރާއި ގުޅިގެން މިހާތަނަށް އަޅާފައިވާ އެއްވެސް ފިޔަވަޅެއް އެބައޮތްތޯ ސުވާލުކުރައްވާފައެވެ. ފިރުޝާންގެ ސުވާލަށް ޖަވާބު ދެއްވަމުން އެއިރު އިމްރާން ވިދާޅުވީ އެ މައްސަލަ ވަރަށް ގާތުން ބެއްލެވި ކަމަށާއި އެ ހާދިސާ ހިނގާ ދިޔަ ގޮތުގެ ރިޕޯޓެއް ހޯއްދެވި ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އަބްދުﷲ ހައްޔަރުކޮށް ލޯންޗަކަށް އަރުވާފައި ހުއްޓާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އޭނާ މަރުވި މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް އެންއައިސީން ތަހުގީގެއްކުރިއެވެ. ނަމަވެސް ތަހުގީގުގެ ރިޕޯޓެއް އާންމުކޮށްފައިނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ