މާލެ: 31°C

ރަސްގެތީމް ކައުންސިލްގެ އައު އިމާރާތްް ހުޅުއްވައި ދެއްވައިފި

January 21, 2025
152 ފަހަރު ބަލާފައި
ރަސްގެތީމް ކައުންސިލްގެ އައު އިމާރާތްް ހުޅުއްވައި ދެއްވައިފި
ރ. ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ރ. ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ކައުންސިލްގެ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރ.އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ރަސްގެތީމަށް ވަޑައިގެންނެވެ.

ރަސްގެތީމު އައު ކައުންސިލް އިމާރާތް ކުރަން ފެށީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން 2023ވަނަ އަހަރުއެވެ.

ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވީ އައު އޮފީސް އިމާރާތެއް އަޅަން ޖެހުނީ، ކުރިން ބޭނުންކުރި ކައުންސިލް އިދާރާގެ އިމާރާތް، ބާވެ ހަލާކުވުމާ ގުޅިގެން އެ އިމާރާތުގައި މަސައްކަތް ކުރަން ތިބެވެން ނެތުމުން ކަމަށެވެ. އެހެންކަމުން ކައުންސިލްގެ މަސައްކަތް ކުރަމުން އައިސްފައި ވަނީ އެރަށުން ތަނެއް ކުއްޔަށް ނަގައިގެން ކަމަށް ފަޠީން ވިދާޅުވިއެވެ. އަދި އައު އިމާރާތާއެކު ޖާގައިގެ ތަނަވަސްކަން ލިބި، މިހާރު ކައުންސިލަރުންގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އޮތް ދަތިކަމަށް ޙައްލު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންޓްރެކްޓަ ފައިނޭންންސްގެ އުސޫލުންނާއި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވަނީ 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އަޅަން ނިންމައި އެ ރަށްތައް އިއުލާންކޮށްފައެވެ. 

އަދި 55 ރަށުގެ ކައުންސިލްގެ އިމާރާތް އެޅުމަށް ކުންފުންޏަކާ މިހާރު ވަނީ ހަވާލުކޮށްފައެވެ. ސަރުކާރުގެ ޢަމާޒަކީ މިދައުރު ނިމޭއިރު، ކައުންސިލްތަކުގެ ޖާގައިގެ ދަތި ކަމަށް ހައްލު ހޯދައިދިނުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ