
ރަސްގެފާނު ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް ރައީސް މިރޭ ލަންޑަނަށް ވަޑައިގަންނަވަނީ
ރަސްގެފާނު ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް ރައީސް މިރޭ ލަންޑަނަށް ވަޑައިގަންނަވަނީ
ލިޔުން:
އިނގިރޭސި ރަސްގެފާނު ޗާލްސް ތަހުތުގައި އިށީނދެ ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލް ޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ލަންޑަނަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރަސްގެފާނު ޗާލްސް ރަސްމީކޮށް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މި ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރުދުވަހުއެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން ރައީސް ސޯލިހު، އިނގިރޭސި ވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި، ބޭރުގެ ވަފުދުތަކަށް، ބާއްވާ ކޮމަން ވެލްތް ގައުމުތަކުގެ ލީޑަރުންގެ ހާއްސަ ހަފްލާއެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބަކިންހަމް ޕެލަސް އިން އިއުލާން ކޮށްފައިވާގޮތުގައި ރަސްގެފާނު ޗާލްސްގެ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތު އޮންނާނީ 6 މެއި 2023 ވާ ހޮނިހިރު ދުވަހު ލަންޑަންގެ ވެސްޓްމިންސްޓާ އެބީގަ އެވެ. އެ ރަސްމިއްޔާތުގައި 'ދަ ކުއީން ކޮންސޯޓް' ކެމީލާ އާއި ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްތަށިފުޅުގައި ޝާހީ ތާޖު އަޅުއްވާނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
