މާލެ: 31°C
ރަސްފަންނަށް މޫދަށްއެރި އުޅުނު ބައެއްގެ އަތްދަބަސް ވަގަށްނެގި 2 މީހެއްގެ ވަނަވަރު ފުލުހުން އާއްމުކޮށްފި

ރަސްފަންނަށް މޫދަށްއެރި އުޅުނު ބައެއްގެ އަތްދަބަސް ވަގަށްނެގި 2 މީހެއްގެ ވަނަވަރު ފުލުހުން އާއްމުކޮށްފި

August 9, 2024
2 ފަހަރު ބަލާފައި
ރަސްފަންނަށް މޫދަށްއެރި އުޅުނު ބައެއްގެ އަތްދަބަސް ވަގަށްނެގި 2 މީހެއްގެ ވަނަވަރު ފުލުހުން އާއްމުކޮށްފި

މިއަދު ހެނދުނު ރަސްފަންނަށް މޫދަށްއެރި އުޅުނު ބައެއްގެ އަތް ދަބަސް ވަގަށް ނެގި ދެ މީހަކު ފުލުހުން ހައްޔަރުކޮށް އެ 2 މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވާފައިވާ މައުލޫމާތުގައިވާގޮތުން އެ 2 މީހުން ހަތްޔަރުކުރީ އެސަރަޙައްދުގައިހުރި ސީސީޓީވީ ފުޓޭޖު ބަލައިގެން އެ ކޮންބައެއްކަން ދެނެގަތުމަށްފަހު އެ މީހުން ދެނެގަނެގެންނެވެ. އެގޮތުން މައްސަލަ ހުށަހެޅުނުތާ ގަޑިއެއްގެ އިރު ތެރޭގައި މަޖީދީ މަގާއި ދިލްބަހާރު މަގު ގުޅޭ ހިސާބުން އެ 2 މީހުން ހައްޔަރުކޮށް އަތްދަބަހާއި އޭގެ ތެރޭގައި އޮތް 2 ފޯނު ހޯދައި ވެރިފަތަށް ރައްދުކުރެވިވާކަމަށްވެސް ފުލުހުންގެ މެސެޖުގައި ވެއެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ތ. ތިމަރަފުށި ލަކީ ހައުސް ސޮފްވާން އަލީ 36 އަހަރު އާއި ގއ. ވިލިނގިލި ޒިއުރިކް ވިލާ ހަސަން ތައުފީގް 40 އަހަރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ