މާލެ: 31°C

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސް: އައިޖީއެމްއެޗް

March 25, 2025
165 ފަހަރު ބަލާފައި
ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސް: އައިޖީއެމްއެޗް
އއ ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އެ ދެ މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.

އއ ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އެ ދެ މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:15 ހާއިރުކަމަށާއި، އެމީހުންނަށް ފަރުވާދިނުމަށް އައިޖީއެމްއަޗަށް ގެންގޮސްފައިވާކަމަށެވެ.

އެ ރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ވެފައިވަނީ 31 އަހަރުގެ ފިރިހެނަކަށާއި އޭނާގެ އަނބިމީހާ އަށެވެ.

އައިޖީއެމްއެޗުން ބުނީ އެ ދެމީހުންގެ ގައިގެ ވަރަށް ބޮޑު ބައެއް ފިހިފައިވާކަމަށާއި، ހާލު ސީރިއަސްކަމަށެވެ. އެމީހުންނަށް ފަރުވާދެމުންދަނީ އެމެޖެންސީގައިކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ

އެ އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައިކަމަށް މީސް މީޑިއާގައި ބުނި ނަމަވެސް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ