ރަސްދޫގައި އިތުރު 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިފި

ރަސްދޫގައި އިތުރު 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިފި
ލިޔުން:
އއ. ރަސްދޫގެ އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށް އެރަށުގައި އިތުރު 100 ޓަނުގެ އާރު.އޯ ޕްލާންޓް ބަހައްޓައިފިއެވެ.
ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، 100 ޓަނުގެ އާރު.އޯ ޕްލާންޓް އެ ރަސްދޫގައިި ބަހައްޓާފައިވަނީ އެރަށުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި ކަމަށެވެ.
ސްޓެލްކޯއިން ބުނީ، މި ޕްލާންޓާއެކު، ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް އިތުރު ކުރެވިގެން ގޮސްފައިވާކަމަށެވެ. އަދި އެ ޕްލާންޓަކީ ސްޓެލްކޯ ކުންފުނީގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓްކަމަށް އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.
https://twitter.com/STELCOMALDIVES/status/1669222102069833728
އެމަސައްކަތުގައި އުޅުއްވި ސްޓެލްކޯ ކުންފުނީގެ ވޯޓާރ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓާ އަހުމަދު ޝަރީފް ވަނީ އެ މުއައްޒަފުންގެ މަސައްކަތަށް ތަރުހީބު ދެއްވާފައެވެ.
މީގެ އިތުރުން އެ މަސައްކަތަކީ ސްޓެލްކޯއިން މުޅިން އަލަށް ކޮށްފައިވާ ކަމަކަށް ވާއިރު މުއައްޒަފުން ހޯދަފައިވާ ކާމިޔާބީއަށް ޝަރީފް ވަނީ މުއައްޒަފުންނަށް ޝުކުރާއި، މަރުހަބާ ދަންނަވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
