
ރޭޕް ކުރި ކަމަށް ބުނާ ފަތުރުވެރިޔާ އިންސާފު ހޯދަން އެދި، ދެ ރައީސުންނަށް ސިޓީއެއް ފޮނުވައިފި
ރޭޕް ކުރި ކަމަށް ބުނާ ފަތުރުވެރިޔާ އިންސާފު ހޯދަން އެދި، ދެ ރައީސުންނަށް ސިޓީއެއް ފޮނުވައިފި
ލިޔުން:
ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ރޭޕްކުރިކަމަށް ބުނާ، ޗައިނާގެ ފަތުރުވެރިޔާ އިންސާފު ހޯދަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސީޓީ އެއް ފޮނުވައިފިއެވެ.
މިހާދިސާގައި ރޭޕް ކޮށްފައިވާ ކަމަށް ބުނަނީ، އޮސްޓްރޭލިއާ ގެ ސިޑްނީގައި ކިޔަވަމުން ދާ ޒޫ ޔިޓޮންގް (ޔޮލީ) ނަމަކަށް ކިޔާ ޗައިނާ އަށް އުފަން އަންހެނެކެވެ.
މި މައްސަލާއިގެ އިންސާފު ހޯދުމަށް އެދި ދެ ރައީސުންނަށް ފޮނުވި ސިޓީ ޔޮލީ ވަނީ އޭނާ ގެ ޓްވިޓާގައި އާންމު ކޮށްފައެވެ.
އެ ސިޓީގައި އޭނާ ބުނެފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށް އެ މައްސަލައިގައި ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ.
އަދި ރޭޕްގެ މައްސަލަ ފައިލް ކޮށްފައިވާ ކޭސް ނަންބަރު ހިމަނައި، އިންސާފު ހޯދައިދިނުމަށް ދެ ރައީސުން މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ޔޮލީ ވަނީ ބުނެފައެވެ.
https://twitter.com/yolyyitong/status/1671380728490369027?s=48&t=W-Ms7MNeLsesbV_No22wYA
މީގެ ދެދުވަސް ކުރިން ޔޮލީ މި ހާދިސާ ހިނގާ ދިޔަ ގޮތުގެ ވާހަކަ ވަރަށް ތަފްސީލުކޮށް އޭނާގެ ޓްވިޓާގައި ކިޔަދީފައިވާ އިރު އޭނާ ވަނީ، އޭނާގެ ގައިގައި އަނިޔާވެފައިވާ ޒަހަމްތަކުގެ ފޮޓޯކަމަށް ބުނެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އަދި އޭނާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރާ ރިޓްޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑްގެ ބަޓްލާރެއް ކަމަށް ވާ އުޝާމްގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ. މީގެ އިތުރުން ޔޮލީ ވަނީ މާލެ އަތޮޅު ހޮސްޕިޓަލުން ހަދާފައިވާ މެޑިކަލް އެގްޒާމިނޭޝަންގެ ސްލިޕުވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
