
ރޭޕްކުރި ކަމަށް ބުނާ ފަތުރުވެރިޔާގެ މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ރޭޕްކުރި ކަމަށް ބުނާ ފަތުރުވެރިޔާގެ މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ލިޔުން:
ކ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ރިޒްކާލްޓަން ފަރި އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ރޭޕްކުރިކަމަށް ބުނާ، ޗައިނާގެ ފަތުރުވެރިޔާގެ މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.
މިހާދިސާގައި ރޭޕް ކޮށްފައިވާ ކަމަށް ބުނަނީ، އޮސްޓްރޭލިއާ ގެ ސިޑްނީގައި ކިޔަވަމުން ދާ ޒޫ ޔިޓޮންގް (ޔޮލީ) ނަމަކަށް ކިޔާ ޗައިނާ އަށް އުފަން އަންހެނެކެވެ.
ޔޮލީވަނީ އެ ކޭސްގެ އިންސާފު ހޯދަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސީޓީ އެއް ފޮނުވައިފިއެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭޕްގެ މައްސަލައާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެހެން ކަމުން އެ ހާދިސާއާ ގުޅިގެން ރަނގަޅު ތަހުގީގެއް ހިންގުމަށް ފުލުހުންގެ ހިދުމަތަށް ގޮވައިލައްވާ ކަމަށެވެ.
https://twitter.com/MohamedNasheed/status/1671500778618642433
މި މައްސަލާއިގެ އިންސާފު ހޯދުމަށް އެދި ދެ ރައީސުންނަށް ފޮނުވި ސިޓީ ޔޮލީ ވަނީ އޭނާ ގެ ޓްވިޓާގައި އާންމު ކޮށްފައެވެ.
އެ ސިޓީގައި އޭނާ ބުނެފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށް އެ މައްސަލައިގައި ކުރިއެރުމެއް ލިބިފައި ނުވާކަމަށާއި، އަދި ރޭޕްގެ މައްސަލަ ފައިލް ކޮށްފައިވާ ކޭސް ނަންބަރު ހިމަނައި، އިންސާފު ހޯދައިދިނުމަށް ދެ ރައީސުން މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މީގެ ދެތިންދުވަސް ކުރިން ޔޮލީ މި ހާދިސާ ހިނގާ ދިޔަ ގޮތުގެ ވާހަކަ ވަރަށް ތަފްސީލުކޮށް އޭނާގެ ޓްވިޓާގައި ކިޔަދީފައިވާ އިރު އޭނާ ވަނީ، އޭނާގެ ގައިގައި އަނިޔާވެފައިވާ ޒަހަމްތަކުގެ ފޮޓޯކަމަށް ބުނެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އަދި އޭނާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރާ ރިޓްޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑްގެ ބަޓްލާރެއް ކަމަށް ވާ އުޝާމްގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ. މީގެ އިތުރުން ޔޮލީ ވަނީ މާލެ އަތޮޅު ހޮސްޕިޓަލުން ހަދާފައިވާ މެޑިކަލް އެގްޒާމިނޭޝަންގެ ސްލިޕުވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
