މާލެ: 31°C

ރޭޕް ކުރިކަމަށް ބުނާ ފަތުރުވެރިޔާ އެކަން ހިނގިގޮތުގެ ތަފްސީލު ކިޔައިދީފި

ރޭޕް ކުރިކަމަށް ބުނާ ފަތުރުވެރިޔާ އެކަން ހިނގިގޮތުގެ ތަފްސީލު ކިޔައިދީފި
June 19, 2023
2 ފަހަރު ބަލާފައި
ރޭޕް ކުރިކަމަށް ބުނާ ފަތުރުވެރިޔާ އެކަން ހިނގިގޮތުގެ ތަފްސީލު ކިޔައިދީފި
ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ރޭޕްކުރިކަމަށް ބުނާ، ޗައިނާގެ ފަތުރުވެރިޔާ އެކަން ހިނގައި ދިޔަގޮތް ތަފްސީލުކޮށް ކިޔައިދީފި އެވެ. މިހާދިސާގައި ރޭޕް ކޮށްފައިވާ ކަމަށް ބުނަނީ، އޮސްޓްރޭލިއާ ގެ ސިޑްނީގައި ކިޔަވަމުން ދާ ޒޫ ޔިޓޮންގް (ޔޮލީ) ނަމަކަށް ކިޔާ ޗައިނާ އަށް އުފަން އަންހެނެކެވެ. އެހާދިސާ ހިގާއިދިޔަ ގޮތްކަމަށް ޔޮލީ ކިޔަިދީފައިވަނީ އޭނާގެ ޓްވީޓާ އެކައުންޓްގައެވެ. ޓްވިޓާގައި ޔޮލީ ބުނެފައިވާ ގޮތުގައި، ރިސޯޓަށް ދިޔަ ފަހުން އޭނާ އަށް ހާއްސަ ކުރީ ބަޓްލަރެއް ކަމަށްވާ އުޝާމް ނަމަކަށް ކިޔާ މީހެކެވެ. ރިސޯޓުގެ ކޮޓަރިއަށް ގޮސް ވަދެވުމާ އެކު އުޝާމް އޭނާ އަށް ހަމަޖެހިލުމަށް ބުނެ ކޮޓަރި ތެރޭގައި ހުރި ވަސީލަތް ތަށް އޭނާ އަށް ކިޔައިދިން ކަމަށް ބުނެ ހާދިސާ ފެށުނު ގޮތް ޔޮލީ ވަނީ ލިޔެފައެވެ. ޔޮލީ ބުނިގޮތުގައި، ހަމަ އެދުވަހު އޭނާގެ ފޯނަށް ލޮނު ބުރައިގެން ފޯނުގެ ޑިސްޕްލޭ މައްސަލަ ޖެހުނު ކަމަށްވެއެވެ. އެހެން ކަމުން ޔޮލީ، އޭނާގެ މަންމައަށް ގުޅުމަށް ރިސެޕްޝަންގައި އެހީތެރިކަމަށް އެދުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. ރިސެޕްޝަނުން އޮލީ އަށް އެހީވާން ފޮނުވީ އުޝާމް ކަމަށް އޭނާ ބުންޏެވެ. އެހެންވެ އުޝާމް އައިސް އޭނާގެ ފޯނަށް ޔޯލީގެ ސިމް ކާޑު ލައްވައި މަންމައާއި ވާހަކަ ދައްކަން އެހީތެރިވެދިން ކަމަށް އޭނާ ބުންޏެވެ. އެއަށް ފަހު އުޝާމް އައިސް އެނދުގައި އިށީނުމަށް ފަހު އޮލީ އާއި ވާހަކަ ދައްކާ ސުވާލު ކުރަން ފެށިކަމަށް އޭނާ ބުންޏެވެ. "ކީއްވެ އެކަނި އައީ؟ ކޮންތާކު އުޅެނީ؟" މިކަހަލަ ސުވާލު ތަކެއް ކޮށް އުޝާމް ދެން އޭގެ ފަހުން ސުވާލު ކުރަންފެށީ ކުރީ ރޭ ޔޮލީ ކުރި ކަންތައްތަކާ ބެހޭގޮތުން ކަމަށް އޭނާ ކިޔައިދިނެވެ. ދެން އުޝާމް އެހީ އެރޭ ހުރި ރޫމްގެ ޕޫލް އޭރިއާގައި ނިދާފައި އޮތްތޯ އެވެ. ޔޮލީ ރޭ ނިދާފައި އޮތް އިރު އޭނާ އަށް މީހަކު ބަލަން ހުރިކަން ރޭކާލީ އެވަގުތު އެވެ. އެހިސާބުން އެ މައުޟޫއު ބަދަލު ކުރަން އޭނާ ބޭނުންވިކަމަށް ޔޯލީ ބުންޏެވެ. އެހެންވެ އުޝާމްވެސް އިރުކޮޅަކަށް ކޮޓަރިން ނުކުމެގެންދިޔަ ކަމަށާއި ނަމަވެސް އަނެއްކާ ވެސް އެނބުރި އައީ ޔޮލީގެ މަންމަ ވީޗެޓް ފޮނުވާފައި އޮތުމުން ކަމަށް ޔޮލީ ބުންޏެވެ. ދެންއެއަށް ފަހު އަނެއްކާވެސް އައިސް އެނދުގައި އިށީންދެ ވަރަށް ގިނަ ވާހަކަ އުޝާމް ދައްކަން ފެށި ކަމަށާއި އަދި ޗުއިންގަމެއް ނަގައި ހަފަމުން "ކިސް ކުރަން" ބޭނުންވޭތޯ ޔޮލީއާ އޭނާ ސުވާލު ކުރިކަމަށް ޔޮލީ ބުންޏެވެ. ވަރަށް ހައިރާން ވިކަމަށާއި އެއްވެސް ކަހަލަ ޖިސްމާނީ ގުޅުމެއް ހިންގަން ބޭނުން ނުވާކަމަށް އޭނާ ގާޓު ބުނިކަމަށް ވެސް ޔޮލީ ބުންޏެވެ. އަދި އޭނާ ބުނި ގޮތުން އުުޝާމް އަށް އެބުނީ ކީކޭކަން ނޭނގިދާނެތީ ލެޕްޓޮޕް ނަގައި ތަރުޖަމާކޮށްދީފައިވެސް އެވާހަކަ ބުނިކަމަށް ޔޯލިީ ބުންޏެވެ. އޭގެ ފަހުން ކައިރިއަށް ޖެހި ހާސް ނުވުމަށް އުޝާމް ބުނި ކަމަށް ޔޯލީ ބުނެފައިވެއެވެ. އަދި ޔޮލީގެ ތުންފަތުގައި އަތް ޖައްސާލައި ހަމަޖެހިލުމަށް އުޝާމް ތަކުރާރުކޮށް ބުނި ކަމަށާއި އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށްބުނެ ގަދަކަމުން އުޝާމު ބުނިކަންތައް ކުރިކަމަށް ޔޯލީ ބުނެފައިވެއެވެ.  އެކަމާއި ގަޔާ ނުވެ އިންކާރު ކުރަން ފެށުމުން ފިރިހެނުންނަށް ޝައުގުވެރިކަންނުހުންނަ މީހެއްތޯ ވެސް އެހިކަމަށް ޔޯލީގެ ޓްވީޓުގައި ވެއެވެ. ޔޮލީ ބުނި ގޮތުގައި ދެން އޭނާ އެނދު މައްޗަށް ވައްޓާލާ ގަދަކަމުން އުޝާމް ބެހެން ފެށިއެވެ. އަދި އެއަށް ފަހު އުޝާމް ކުރިކަންކަން ކަމަށް ބުނެ ވަރަށް ތަފްސީލުކޮށް ޔޮލީ ވަނީ އެ ހާދިސާ ކިޔާދީފައިވެއެވެ. ތަކުރާރުކޮށް އެކި ގޮތް ގޮތުން ގަދަ ހަދަން ފެށުމުން އުޝާމު އޭނާ ދޫކޮށްލި ނަަމަވެސް އޭނާގެ ކުރިމަތީގައި ޖިންސީ އަމަލެއްހިންގުމަށްފަހު، ކޮޓަރިން ނިކުމެގެން ދަމުން "މިކަންކަމަށް ހުޅުވިލަން ވަގުތު ބޭނުންވާނެ" ކަމަށާއި އަދި އެބުރި އަންނާނެ ކަމަށް އުޝާމް ބުނިކަމަށް ވެސް ޔޮލީ ބުންޏެވެ. "ހަމަ އެވަގުތު އަހަރެން އެ ރިސޯޓުގެ މެނޭޖަރުންނަށް އެކަން އެނގިން، އެކަމަކު އެމީހުން އައިސް އެއީ މާބޮޑު ކަމެއް ނޫންކަމަށް ބުނީ، އެހެންވެ ދެން އަހަރެން އެންގީ ފުލުހުންނަށް، އެ ވަގުތު އެތާގެ ދެ މުއައްޒަފަކު އަހަރެންގެ ކޮޓަރި އަށް ފޮނުވި އަދި ލެޕްޓޮޕާއި ތުވާލި ގެންދިޔަ އަހަރެން ބުނިން ފުލުހުންނާއި ހަވާލު ކުރަން ބަހައްޓަން އެކަމަކު އެމީހުން އަޅައެއް ނުލި" ޔޮލީ ކިޔާދީފައިވެ އެވެ. ފުލުހުން އައިސް ޔޯލީގެ ބަޔާން ނަގައި އޭނާގެ ހަށިގަނޑުން ސާމްޕަލް ނެގުމަށް ފަހު، ނަތީޖާ ލިބޭނީ ހަފްތާއެއް ފަހުން ކަމަށް ބުނި ކަމަށް ޔޮލީ ބުންޏެވެ. ފަތުރުވެރިއެއްގެ އެފަދަ މައްސަލައަކާ ގުޅިގެން ސާމްޕަލް ނަގާ ފައިވާ ކަމަށް ފުލުހުން ވެސް ބުނެފައި ވެއެވެ. ޔޮލީ ބުނި ގޮތުގައި އޭނާ އަނބުރާ ގައުމަށް ދިއުމަށާއި އެ މައްސަލައިގައި އުޝާމް ހައްޔަރު ކުރެވޭނެ ސަބަބެއް އަދި ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ އެނާ އަށް އަންގާފަ އެވެ. އެހެންނަމަވެސް އެކަން ދޫކޮށް ނުލައި ޔޮލީ ގޮސް މެޑިކަލް އެގްޒާމިނޭޝަނެއްވެސް ހެދި ކަމަށް އޭނާ ބުންޏެވެ. އޭރު މުޅި ގައިގެ އެތަން މިތަނުގައި ވަކިއަޅައި ހަލާކުވެ ނޫފާގެންފައި ހުރި ކަމަށް ވެސް ޔޮލީ ބުންޏެވެ. ޔޮލީ ބުނީ، އޭނާ އެނބުރި ކޮޓަރިއަށް އައިއިރު ރިސޯޓުން ވަނީ އޭނާ އިތުރަށް ބަހައްޓަން ބޭނުން ނުވާކަމަށް ބުނެ ވީ އެންމެ އަވަހަކަށް ފުރަން އެދިފައި ކަމަށެވެ. ޔޮލީ އެ ރިޒޯޓުން ދިޔައިރު ތަނުގެ މެނޭޖްމެންޓް އިން މައާފަށް ވެސް ނޭދޭ ކަމަށް އޭނާ ބުންޏެވެ. "އެމީހުން ބުނީ އަހަރެން މިކަން ކުރީ ހިލޭ އެތަނުގައި ހުންނަންވެގެން ކަމަށް. އަހަރެން ވާނީ ފައިސާ ދައްކާފައި. އަހަންނަކީ އޮސްޓްރޭލިއާގައި ދިރިއުޅޭ މުއްސަނދި އާއިލާއެއްގެ ކުއްޖެއް" ޔޮލީ ވަނީ ބުނެފައެެވެ. ޔޯލީ މިވާހަކަތައް ތަފްސީލުކޮށް ކިޔަދީފައިވާ އިރު އޭނާ ވަނީ، އޭނާގެ ގައިގައި އަނިޔާވެފައިވާ ޒަހަމްތަކުގެ ފޮޓޯކަމަށް ބުނެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އަދި އޭނާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރާ އުޝާމްގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ. މީގެ އިތުރުން ޔޮލީ ވަނީ މާލެ އަތޮޅު ހޮސްޕިޓަލުން ހަދާފައިވާ މެޑިކަލް އެގްޒާމިނޭޝަންގެ ސްލިޕުވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ