މާލެ: 31°C

ރޭޕްގެ ތުހުމަތުކުރުމުން އުމުރުން ދުވަސްވީ ފިރިހެނަކު ދަންޖެހި މަރުވެއްޖެ

February 27, 2025
563 ފަހަރު ބަލާފައި
ރޭޕްގެ ތުހުމަތުކުރުމުން އުމުރުން ދުވަސްވީ ފިރިހެނަކު ދަންޖެހި މަރުވެއްޖެ
ރޭޕްގެ ތުހުމަތުކޮށް މިމަހުގެ 23 ވަނަ ދުވަހު ފުލަހަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެ މައްސަލަ ރައްދުވާ އުމުރުން ދުވަސްވީ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެއެވެ.

ރޭޕްގެ ތުހުމަތުކޮށް މިމަހުގެ 23 ވަނަ ދުވަހު ފުލަހަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެ މައްސަލަ ރައްދުވާ އުމުރުން ދުވަސްވީ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެއެވެ.

ތ. މަޑިފުށީގައި 63 އަހަރުގެ އުމުރުން ދުވަސްވީ ފިރިހެނަކަށް ރޭޕްގެ ތުހުމަތު ކޮށް އަންހެނަކު މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުން ވަނީ އެމީހާ ހާޒިރުކޮށް ބަޔާން ނަގާފައި ކަމަށާއި، އެމީހާ ދަންޖެހުނު ރޭ ވާ ގަނޑެއް ހިފައިގެން އުޅޭތަން ފެނުމުން އެކަން ފުލުހުނަށް އަންގާފައިވާކަމަށްވެސް އެރަށުގެ މީހުންނާ ޙަވާލާދީ ބުނެފައިވެއެވެ.

އެރަށު މީހުންނާ ޙަވާލާދީ ބުނެފައިވަނީ ރޭޕްގެ ތުހުމަތުކުރި އަންހެން މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށާއި، އެމީހާއާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ބުނެ، މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ވެސް އެކަން ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭ އެ އަންހެން މީހާ އަމިއްލައަށް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެ އަންހެން މީހާ އަކީ މީގެ ކުރިންވެސް އެފަދަ ތުހުމަތުތައް މީހުންގެ މައްޗަށްކުރުމަށްފަހު ފަހުން އެވާހަކަ ބަދަލުކޮށްފައިވާ މީހެއްކަމަށްވެސް އެރަށުމީހުން ބުނެއެވެ.އެހެންކަމުން އެމީހާ ދަންޖެހި މަރުވުމާއެކު އެމީހާގެ އާއިލާ މީހުންނާއި ބައެއް ރައްޔިތުން ނުކުމެ އެ އަންހެންމީހާ ގޭ ކުރިމަތީ އެކަމާ އިއްޔެ ހަވީރާއި ރޭގައި އިހުތިޖާޖު ކުރި ކަމަށް އެރަށު މީހުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ