މާލެ: 31°C

ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު

April 5, 2025
282 ފަހަރު ބަލާފައި
ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު
މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެކްސްގައި މިއަދު ވިދާޅުވީ އެއީ ރާއްޖެއަށް ވެސް އަދި ދެ ޕާޓީއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ނަމަވެސް އެއާ ގުޅޭ އިތުރު ތަފްސީލެއް ރައީސް ނަޝީދު ނުދެއްވަ އެވެ.

އެމްޑީޕީ އުފެއްދެވުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވި ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ގުޅުން ގޯސްވެ 2023 ވަނަ އަހަރުގެ ޖޫން މަހު އެވެ.

އޭގެ ފަހުން އެމަނިކުފާނު ވަނީ ޑިމޮކްރެޓްސް ގައި ނަމުގައި ޕާޓީއެއް ވެސް ހައްދަވައިފަ އެވެ. އަދި އެމްޑީޕީގައި އެމަނިކުފާނާއެކު އިސްކޮށްއުޅުއްވި ބައެއް ބޭފުޅުން ވެސް ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ.

ނަމަވެސް ނިމިގެން ދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް ޑިމޮކްރެޓްސްއަށް ބޮޑު ތަނުން ނާކާމިޔާބީއާ ކުރިމަތިވެ އެ ޕާޓީގެ ހަރަކާތްތައް ފަހުން އައިސް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.

އަދި ރައީސް ނަޝީދަށް އެންމެ ވަފާތެރި މެމްބަރުންގެ ގޮތުގައި ތިއްބެވި ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން މިދިޔަ ޖެނުއަރީ މަހު ވަނީ އެ ޕާޓީން ވަކިވެ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ދަ ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފާއި ދަ ޑިމޮކްރެޓްސްގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި ހުސައިން އަމްރު ހިމެނިވަޑައިގަންނަވަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ