މާލެ: 31°C
ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫއެއް ނޮޅިވަރަންފަރުގައި ހިންގާނެ: ރައީސް

ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫއެއް ނޮޅިވަރަންފަރުގައި ހިންގާނެ: ރައީސް

February 26, 2024
3 ފަހަރު ބަލާފައި
ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫއެއް ނޮޅިވަރަންފަރުގައި ހިންގާނެ: ރައީސް
މި ފަސް އަހަރުދުވަހަށް ބަހާލައިގެން 40،000 ހައުސިންގ ޔުނިޓް ގާއިމުކުރާއިރު އޭގެ ތެރޭގައި ހިމެނިގެން ރަނގަޅު ފެންވަރުގެ ހައުސިންގ މަޝްރޫޢެއް ނޮޅިވަރަންފަރުގައި ހިންގާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ  އެމަނިކުފާނު ބޮޑުތިލަދުންމަށްޗަށް ކުރައްވާ ދަތުރުފުޅުގައި ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ނޮޅިވަރަންފަރަކީ އާބާދީ އެއްފަސްކުރުމުގައި މެދުރާސްތާ އަދި ދުރުރާސްތާގެ ޕްލޭނުގައިވެސް މުހިންމު ރަށެއްކަމުގައި ވިދާޅުވިއެވެ. އަދި އެރަށުގެ ބަނދަރު ބޮޑުކޮށް ރައްޔިތުން އެދޭ ގޮތަށް ބަދަލުގެންނަވާނެކަމަށާއި، ސިއްހީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރުކުރުމާއި، ހަދަންޖެހޭ ގިނަ ޓެސްޓުތައް ހެދޭ ރަނގަޅު ފެންވަރުގެ ލެބޯޓްރީގެ ހިދުމަތްދެވޭ ތަނަކަށް ރަށުގެ ސިއްހީ މަރުކަޒު ހެދުމަކީ ވަރަށް އިސްކަމެއްދެއްވާނެ ކަންތައްތައް ކަމުގައި  ރައީސް ވިދާޅުވިއެވެ.  
"އެއްފަސްކުރުމަށް ވިސްނާއިރު އެބަ ބަލަން ބިމުގެ ޖާގަ އޮތް މިންވަރު، ބިން އިތުރަށް ބޮޑުކުރެވޭނެތޯ ޚިދުމަތްތަކާއި އިޤްތިޞާދު ރަށުގައި ކުރިއެރުވުމުގެ ފުރުޞަތު އޮތް މިންވަރު. އުމްރާނީ ތަރައްޤީއާއި ދެމެހެއްޓެވިނި ތަރައްޤީ ގެނެވޭނެ މިންވަރު އެބަ ބަލަން. މި ހުރިހާ ކަމެއް މު ރަށުގައި ފުރިހަމަވޭ، މިއީ އެކަމަށް އެންމެ ރަނގަޅު ރަށެއް." ރައީސް ވިދާޅުވިއެވެ.
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ