މާލެ: 31°C

ރަންތާޖު ޤުރުއާން މުބާރާތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ޤާރީ ޝައިޚް މިޝާރީ

February 18, 2023
2 ފަހަރު ބަލާފައި
ރަންތާޖު ޤުރުއާން މުބާރާތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ޤާރީ ޝައިޚް މިޝާރީ
ރަންތާޖު ޤުރުއާން މުބާރާތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ޤާރީ ޝައިޚް މިޝާރީ
ރަންތާޖު ޤުރުއާން މުބާރާތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި މަޝްހޫރު ޤާރީ އައްޝައިޚް މިޝާރީ ރާޝިދީ އަލްޢަފާސީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. ކުވައިތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޔޫތު މިނިސްޓަރު މަހުލޫފް، ޤާރީ މިޝާރީއާ ބައްދަލުކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރަންތާޖު ޤުރުއާން މުބާރާތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ޤާރީ މިޝާރީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. https://twitter.com/AhmedMahloof/status/1626606519260266498?cxt=HHwWhIC-nduA75ItAAAA މި މުބާރާތުގެ މި އަހަރުގެ އޮޑިޝަންތައް މިހާރުވަނީ ރާއްޖޭގެ 6 ސަރަޙައްދެއްގައި ބާއްވާފައެވެ. އޮޑިޝަންތަކުގައި 111 ބައިވެރިން ބައިވެރިވެފައިވެއެވެ. އެގޮތުން މިފެށޭ ހަފުތާގައި މުބާރާތުގައި ވާދަކުރާ 20 ބައިވެރިންގެ ނަން އިއުލާންކުރެވިގެންދާނެއެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، އިސްލާމިކް މިނިސްޓްރީ، އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އާ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތަކީ 16 އަހަރާ 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތަކަށް ވާއިރު، އެއްވަނައަށް އަންނަ ފަރާތަކަށް 3 ލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ