މާލެ: 31°C

"ރަންތާޖު" ގުރުއާން މުބާރާތް ފަށައިފި

"ރަންތާޖު" ގުރުއާން މުބާރާތް ފަށައިފި
March 25, 2023
2 ފަހަރު ބަލާފައި
"ރަންތާޖު" ގުރުއާން މުބާރާތް ފަށައިފި
ރިއަލިޓީ ޝޯ އެއްގެ ގޮތުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތްކަމުގައިވާ، "ރަންތާޖު" ރޭ ފަށައިފިއެވެ.
ރާއްޖެ ޓީވީއާއި ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިއަހަރުގެ ރޯދަ މަހު ކުރިއަށްގެންދާ މި މުބާރާތް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
މިމުބާރާތުގެ ފުރަތަމަ ޝޯ ރޭ ވަނީ ރާއްޖެޓީވީން ދައްކާފައެވެ. މި ގުރުއާން މުބާރާތް ހުޅުއްވައި ދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިފަދަ މުބާރާތެއް މަޤުޞަދަކީ، ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުގެ މަގުން ގުރުއާން ކިޔެވުމަށް ބާރުއެޅުން ކަމުގައެވެ.
މި މުބަރާތުގެ އޮޑިޝަންގައި 111 މީހުން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ 6 ސަރަހައްދެއްގައި މި މުބާރާތުގެ އޮޑިޝަންތައް ވަނީ ބާއްވާފައެވެ. މުބާރާތުގެ ފައިނަލަށް 20 ބައިވެރިން ހޮވާފައި ވަނީ އެއަށްފަހުގައެވެ. މިމުބާރާތަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށައަޅާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ