މާލެ: 31°C
ރަމަޟާންމަހު ފެނާއި، ކަރަންޓް ބިލް ބޮޑު ނުވާނޭ އިންތިޒާމެއް ހަމަޖައްސައިފި: ރައީސް

ރަމަޟާންމަހު ފެނާއި، ކަރަންޓް ބިލް ބޮޑު ނުވާނޭ އިންތިޒާމެއް ހަމަޖައްސައިފި: ރައީސް

March 4, 2024
2 ފަހަރު ބަލާފައި
ރަމަޟާންމަހު ފެނާއި، ކަރަންޓް ބިލް ބޮޑު ނުވާނޭ އިންތިޒާމެއް ހަމަޖައްސައިފި: ރައީސް
ކުރިއަށްއޮތް ރަމަޟާންމަހު ފެނާއި ކަރަންޓް ބިލް ބޮޑު ނުވާނޭ އިންތިޒާމެއް ހަމަޖައްސާފައިވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ.އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރޯދަމަހު ފެނާއި ކަރަންޓް ބިލު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއެއް ކަމަށެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށާއި، މިގޮތުން ރޯދަމަހު ފެނާއި ކަރަންޓް ބިލް ބޮޑުނުވާނޭ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ގޮތްތަކެއް ނިންމަވާފައިވާކަމަށެވެ. މިގޮތުން އައްމު މަސްމަހު ގޭގެ ބިލްތަކަށް އަރާ އަދަދު ރޯދަމަހު ބޮޑުނުވާނޭހެން ބިލްތައް ތައްޔާރުކުރުމަށް ކުންފުނިތަކަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ގައުމީ ކަރަންޓް ކުންފުނިން އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ބިލްތަކުން ނަގަމުން އަންނަ ސަރޗާޖުވެސް އުވަލާނެކަމަށް ވިދާޅުވެފައެވެ. ރޯދަމަހު ގޭބިސީތަކުގެ ބޮޑުވާ ބިލްތަކަށް ލިޔެއް ހޯދައިދޭނޭކަމަށް ރައީސް ވިދާޅުވިއިރު، ސަރުކާރުން ވަނީ މިސްކިތްތަކުގެ ކަރަންޓް ބިލް، ބިލްކުރަމުން އަންނަ އުސޫލު ބަދަލުކޮށް ގަވަރމަންޓް ރޭޓުން ޑޮމަސްޓިކް ރޭޓަށް ބަދަލުކުރުމަށް ނިންމަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ