މާލެ: 31°C
ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމި، އެރަށު ބަނދަރު ހުޅުވައިފި

ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމި، އެރަށު ބަނދަރު ހުޅުވައިފި

July 17, 2023
3 ފަހަރު ބަލާފައި
ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމި، އެރަށު ބަނދަރު ހުޅުވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވ. ރަކީދޫގައި މިސަރުކާރުން ތަރައްގީކުރި ބަނދަރު ހުޅުއްވައިދެއްވައިފިއެވެ. ރައީސް މުލަކަތޮޅަށާއި ފެލިދެއަތޮޅަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނު އެމަނިކުފާނު ވަނީ، ވ. ރަކީދޫއަށް ވަޑައިގެން އެރަށުގެ ބަނދަރުހުޅުއްވައި ދެއްވައި، ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ. ވ. ރަކީދޫ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީސީސީއާ ހަވާލުކުރައްވައިގެންނެވެ. އެގޮތުން ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، 5554 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 164 މީޓަރުގެ ސަރަހައްދުގެ އެއްގަމުތޮށިލައި، 492 އަކަމީޓަރު ސަރަހައްދެގައި ވަނީ ޕޭވްމެންޓް އަޅާފައެވެ. އަދި ނެރުފުންކުރުމާއި ނެރު ބައްތިޖެހުމާއި އޮޑިދޯނިފަހަރު އެހެލާ ސަރަހައްދެއް ހެދުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ ދަށުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 45 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހައި 200 މީޓަރު ސަރަހައްދެއްގައި ވަނީ ބޭރުތޮށިލާފައެވެ. އަދި މޫދަށް އެރޭ ސަރަހައްދުގެ ގޮތުގައި، 40 މީޓަރު ދިގު އަދި 20 މީޓަރު ފުޅާ ސަރަހައްދެއް ފުންކޮށްފައިވެއެވެ. ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ