
ރާއްޖޭގެ ނޫ އިގްތިސާދީ ސަގާފަތް ދައްކުވައިދޭ ކުރު ފިލްމެއް ނޫ ރާއްޖެއިން ނެރެފި
ރާއްޖޭގެ ނޫ އިގްތިސާދީ ސަގާފަތް ދައްކުވައިދޭ ކުރު ފިލްމެއް ނޫ ރާއްޖެއިން ނެރެފި
ލިޔުން:
ރާއްޖޭގެ ނޫ އިގްތިސާދީ ސަގާފަތް ދައްކުވައިދޭ "އަހަރެމެންގެ ކަނޑުފަޅު: ނޫ އިގްތިސާދުގެ އަސާސް" ގެ ނަމުގައި ނޫ ރާއްޖެއިން ކުރު ޑޮކިއުމެންޓްރީ ފިލްމެއް ނެރެފިއެވެ.
ނޫރާއްޖެއިން މިއަދު ނެރުނު އިއުލާންއެއްގައި ބުނީ އެ ފިލްމުގައި ކަނޑުފަޅު ހިމާޔަތްކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ދެމެހެއްޓިނިވި ފަތުރުވެރިކަމާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރަން މަސައްކަތްކުރާ ތަފާތު ފަރާތްތައް ފެނިގެންދާނެ ކަމަށެވެ.
ނޫ އިގްތިސާދެއްގެ މުހިއްމުކަން ދައްކުވައިދޭ މި ފިލްމުގައި މަސްވެރިކަމާއި އަދި ފަތުރުވެރިކަން ފަދަ ސިނާއަތުތައް ދަޅަހެޔޮ ކަނޑުފަޅުތަކާ ގުޅިލާމެހިފައިވާ މިންވަރާއި ރާއްޖޭގައި ބޭނުންކުރެވިގެންދާ އައު އިޖާދީ ޓެކްނޮލޮޖީތަކާ ބެހޭ މައުލޫމާތު ބެލުންތެރިންނަށް ލިބިގެންދާނެ ކަމަށް ނޫ ރާއްޖެއިން ބުނެއެވެ. އެގޮތުން ނޫ ރާއްޖެއިން ލަފާކުރަނީ މިފަދަ އައު ޓެކްނޮލޮޖީތައް ގުޅުވާލައިގެން ރާއްޖެއަކީ ދުނިޔޭގެ ފުރަތަމަ " ސްމާޓް އޯޝަން ސްޓޭޓަށް" ވުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެ ޑޮކުމެންޓަރީގައި، ދެމެހެއްޓިނިވި މަސްވެރިކަމާއި ދެމެހެއްޓިނިވި ފަތުރުވެރިކަމަށް ލިބެމުންދާ ކުރިއެރުންތަކާއި، ކަނޑުފަޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ރާއްޖޭގެ އިގްތިސާދުތަކާއި، މުޖުތަމައުތަކާއި، މާހައުލުތަކަށް ފައިދާހުރި ވަަސީލަތްތަކެއްގެ ގޮތުގައި ބޭނުންކޮށް ނޫ އިގްތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް ދައްކުވައިދެއެވެ.
"އަޅުގަނޑުމެންގެ ނޫ އަގްތިސާދު ތަރައްގީ ކުރުމުގައި ވިލުންވެރި އަދި ދިޅަހެޔޮ ކަނޑުފަޅުތަކެއް ބިނާ ކުރުމަކީ ވަރަސް މުހިއްމު ކަމެއް." ނޫ ރާއްޖޭގެ ސައިޓް މެނޭޖަރ ފާތިމަތު ނިސްތަރަން ވިދާޅުވިއެވެ.
ރަސްދޫގައި ހުންނަ ނޫ ރާއްޖޭގެ އެންގޭޖްމެންޓް އޮފިސަރ އަހްމަދު އަމީޒް ފިލްމުގައި ކިޔާދީފައިވާ ގޮތުން، ނޫ އިގްތިސާދަކީ ރާއްޖެއަށް މުޅިން އައު ކަމެއް ނޫނެވެ.
"ނޫ އިގްތިސާދޭ ބުނީމަ ހީވެދާނެ މީ ވަރަށް ބޮޑު އަދި އުދަނގޫ ކަމެކޭ. ނުވަތަ މިއީ އަޅުގަނޑުމެން މިތަނަށް ތައާރަފްކުރަންޖެހޭ ކަމެކޭ. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން މިހާރުވެސް މިދަނީ ނޫ އިގްތިސާދު ޕްރެކްޓިސްކުރަމުން." އަމީޒް ވިދާޅުވިއެވެ.
"އަހަރެމެންގެ ކަނޑުފަޅު: ނޫ އިގްތިސާދުގެ އަސާސް" ވަނީ މިދިޔަ ހަފްތާގައި އައްޑޫ ސިޓީ، ހިތަދޫގައި ބޭއްވުނު ކޮރަލް ފެސްޓިވަލް 2023 ގައި ފުރަތަމަ ފަހަރަށް ދައްކާލާފައެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގައި މި ފިލްމް ރާއްޖޭގެ މީޑިއާތަކުން ދައްކާނެ ކަމަށް ނޫ ރާއްޖެއިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
