މާލެ: 31°C

ރާއްޖެއައި އަންހެނެއްގެ އަތުން 2.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަށްފަހު އެމީހާ ފުރުވާލައިފި

February 8, 2023
2 ފަހަރު ބަލާފައި
ރާއްޖެއައި އަންހެނެއްގެ އަތުން 2.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަށްފަހު އެމީހާ ފުރުވާލައިފި
ރާއްޖެއައި އަންހެނެއްގެ އަތުން 2.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަށްފަހު އެމީހާ ފުރުވާލައިފި
ވައިގެ މަގުން ޤަތަރުގެ ދޯހާއިން ރާއްޖެއައި ބްރެޒިލްގެ އަންހެނެއްގެ ލަގެޖުން 6.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ  މިތަކެތި އަތުލައިގަނެފައިވަނީ، އިއްޔެ ރާއްޖެއައި ބްރެޒިލްގެ 23 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އޭނާގެ ލަގެޖުން ފެނުނީ ކޮކެއިން ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.6 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނާއިރު، މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ.

ބްރެޒިލްގެ އެ ފަސިންޖަރު "ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން ތަންފީޒީ އިދާރާތަކުގެ މަޝްވަރާގެ މަތިން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އަނބުރާ ރާއްޖެއިން ފޮނުވާލާފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ އޭނާގެ ލަގެޖުން އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ