މާލެ: 31°C

ރާއްޖެއާއި ކެމްބޯޑިއާ އިން 6 އެއްބަސްވުމެއްގައި ސޮއިކޮށްފި

January 16, 2023
2 ފަހަރު ބަލާފައި
ރާއްޖެއާއި ކެމްބޯޑިއާ އިން 6 އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެއާއި ކެމްބޯޑިއާ އިން 6 އެއްބަސްވުމެއްގައި ސޮއިކޮށްފި
ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ ހުން ސެން ރާއްޖެއަށް ވަޑައިގެން އުޅުއްވާ ދެދުވަހުގެ މިރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ރާއްޖެއާއި ކެމްބޯޑިއާ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާ ބެހޭ 6 އެއްބަސްވުމެއް ސޮއި ކޮށްފައެވެ. ދެގައުމުގެ ގުޅުން ބަދަހިކުރުމާބެހޭ މިއެއްބަސް ވުންތަކުގައި އެކަމަށް ޓަކައި ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓާރ ޢަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާގެ ފަރާތުން ސޮއި ކުރެއްވީ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ނައިބު، އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޕްރަކް ސޮކޮންއެވެ. މިއަދު ސޮއި ކުރެވުނު އެއްބަސްވުންތައް:
  • ދަ އެގްރީމެންޓް އޮން ވިސާ އެގްޒެމްޕްޝަން ފޮރ ހޯލްޑަރސް އޮފް ޑިޕްލޮމެޓިކް، އޮފިޝަލްސް އެންޑް އޯޑިނަރީ ޕާސްޕޯޓް
މިއެއްބަސްވުމަކީ ދިވެހިންނަށް ކެމްބޯޑިއާއަށް ދަތުރުކުރުމުގައި ވިސާގެ ލުއިފަސޭހަތައް ހަމަޖައްސައިދިނުމުގެ އެއްބަސްވުމެކެވެ.
  • މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ބައިލެޓަރަލް ކޮންސަލްޓޭޝަންސް
މިއެއްބަސްވުމަކީ ރާއްޖެއާ ކެމްބޯޑިއާއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެސަރުކާރުގެ ދެމެދުގައި މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެ އެއްބަސްވުމެކެވެ.
  • މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ބައިލެޓެރަލް ކޮންސަލްޓޭޝަންސް
މިއެއްބަސްވުމަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދުގައިވާ އިޤްތިސާދީ ގުޅުން ބަދަހިކޮށް، ހަމަހަމަ ކަމާއެކު ދެގައުމަށްވެސް ފައިދާކުރާނެގޮތަށް މި ގުޅުން ހަރުދަނާކުރުމުގެ އެއްބަސް ވުމެކެވެ.
  • މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ހެލްތް ކޯޕަރޭޝަން
މިއެއްބަސްވުމަކީ ސިއްހީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ.
  • މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ޓޫރިޒަމް ކޯޕަރޭޝަން
މިއެއްބަސްވުމަކީ ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، މި ދާއިރާއިން މީހުން ތަމްރީންކުރުމާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެ އެއްބަސްވުމެކެވެ.
  • މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒް އާއި ކެމްބޯޑިއާ ޗެމްބަރ އޮފް ކޮމަރސްގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުން
މިއެއްބަސްވުމަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް ފުޅާކުރުމާއި، ދިވެހިރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިނާޢީ ވިޔަފާރިތަކާއި، އިޤްތިސާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ފުރުސަތުތައް ހުޅުވިގެންދާނެ އެއްބަސް ވުމެކެވެ. މިއަދު ރާއްޖެއިން 6 އެއްބަސްވުމެއްގައި ސޮއެކުރެއްވިކަން ފާހަގަކުރައްވައި، މިއެއްބަސްވުންތަކުގެ ސަބަބުން ދެގައުމުގެ މުސްތަގަބަލަށް އުޖާލާކަން ލިބި ކުރިމަގުގައި ދެގައުމުގެ ގުޅުން އިތުރަށް ދިރުވައި އާލާކޮށް ހަރުދަނާކުރުމަކީ، ނުހަނު އިސްކަންދެއްވާކަމެއް ކަމުގައި ރައީސް ސޯލިހު މިއަދު ފާހަގަ ކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ