ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެއްވެސް ބާވަތެއްގެ އިހުމާލެއް މުވައްޒަފެއްގެ އަމަލުގައި ހުރެގެން ނުވާނެ: ޝަރީފް

ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެއްވެސް ބާވަތެއްގެ އިހުމާލެއް މުވައްޒަފެއްގެ އަމަލުގައި ހުރެގެން ނުވާނެ: ޝަރީފް
ލިޔުން:
ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެއްވެސް ބާވަތެއްގެ އިހުމާލެއް އަދި އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަ ކުރުމެއް، މުވައްޒަފެއްގެ ހިތުގަވެސް އަދި އަމަލުގައިވެސް އޮވެގެން ނުވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ހިންގި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ، ފެނާއި ނަރުދަމާ އަކީ ސްޓެލްކޯއަށް އަދި އާ ދެ ޔުޓިލިޓީ ކަމަށް ވާއިރު، ސްޓެލްކޯއަކީ ރާއްޖޭގެ ދެވަނައެއް ނެތް ކުންފުންޏެއް ކަމަށާއި، ކަރަންޓުގެ ހިދުމަތުގައާއި، ކަރަންޓު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގައި އެއްހަމަޔަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތްކަމަށެވެ. ސްޓެލްކޯގެ މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖީނިއަރުންނާއި އެއް ލެވެލްއެއްގައި މަސައްކަތް ކުރެވޭނެ މަސައްކަތްތެރިންނެއް ރާއްޖެއަކު ނުތިބޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެހެން ނަމަވެސް ފެނާއި ނަރުދަމާއަކީ ސްޓެލޮކޯއަށް އާ ދެ ހިދުމަތެއް ކަމަށާއި، އެއީ މައުލޫމާތާއި، ތަޖުރިބާ ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރަށް ބޭނުންވާ ދެ ހިދުމަތް ކަމުގައެވެ. އަދި ކުރިމަގުގައި، މިފަދަ އިތުރު ފުރުސަތުތައް ކުންފުނިން ތަނަވަސްކޮށްދޭނެ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
"މިކުންފުނީގެ އަސާސް ނުވަތަ ޕްރައިމް މެންޑޭޓަކީ އާންމުރައްޔިތުންނަށް ހިދުމަތް ދިނުން. އެއީ ކަރަންޓުގެ ހިދުމަތް ކަމުގައިވިޔަސް އަދި ފެނާއި ނަރުދަމާގެ ހިދުމަތް ކަމުގައިވިޔަސް. މި ތިން ހިދުމަތް ފޯރުކޮށްދިނުމުގައި، ނުވަތަ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަޅުގަނޑުމެންގެ އެއްވެސް މިންވަރެއްގެ، ބާވަތެއްގެ އިހުމާލެއް އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަ ކުރުމެއް، މުވައްޒަފެއްގެ ހިތުގަވެސް އަދި އަމަލުގައިވެސް އޮވެގެން ނުވާނެ" ޝާރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ކުންފުނީގެ ހިދުމަތުގެ ފެންވަރު ވަޒަން ކުރާނީ، ކުންފުނީގެ މުވައްޒަފުން ނޫން ކަމަށާއި، އެކަން ކުރާނީ ހިދުމަތް ލިބޭ މީހުން ކަމަށެވެ. އެއީ ފެންވަރު ރަނގަޅު، ރައްޔިތުން ގަބޫލު ކުރާ މިންވަރުގެތޯ ނުވަތަ ނޫންތޯވެސް ނިންމާނީ ހިދުމަތް ލިބޭ ފަރާތްތަކުން ކަމަށާއި، މުވައްޒަފުންގެ ދައުރަކަށް ވާންވާނީ ހިދުމަތް ހޯދަން އަންނަ ފަރާތްތައް ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ އަމާޒަކީ ކުރާ މަސައްކަތުގައި މުވައްޒަފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުން ކަމަށާއި، އެއީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
ސްޓެލްކޯއިން ބުނީ، މި ދެ ޕްރޮގްރާމަކީ، ހުނަރުވެރި، ގާބިލް އަދި އެންމެ ޒަމާނީ މައުލޫމާތާއި، ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
މި ދެ ޕޮރޮގްރާމް ގައ،ި ޖުމްލަ 89 މުވައްޒަފަކު ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ. މީގެ ތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 66 މުވައްޒަފުން އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 23 މުވައްޒަފުންނެވެ.
މި ޕްރޮގްރާމްތަށް ހިންގުމުގެ މައިގަނޑު މަގުސަދަކީ ސްޓެލްކޯގެ މުވައްޒަފުންނަކީ ދާއިރާތަކުން އެމްކިއުއޭއިން ކަނޑައަޅާފައިވާ މިނިމަމް ކޮލިފިކޭޝަން ހާސިލްކޮށް، އިލްމީ އަދި ފަންނީ ގޮތުން ގާބިލް އަދި ހުނަރުވެރި މުވައްޒަފުންތަކެއް ސްޓެލްކޯގައި ބިނާކުރުމުގެ މަގުސަދުގައި ހިންގި ޕޮރޮގްރާމްތަކެއް ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
