މާލެ: 31°C

ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
June 4, 2023
2 ފަހަރު ބަލާފައި
ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އިންޑިއާގެ އިރުމަތީ އޮޑިޝާ ސްޓޭޓްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގައި ހިނގާދިޔަ ނުރައްކާތެރި ރޭލު އެކްސިޑެންޓްގެ ހަބަރު އަޑު އެއްސެވީ ފުން ހިތާމަ އާ އެކުގައި ކަމަށް ވިދާޅުވެފައެވެ. "މި ހިތާމަވެރި ހާދިސާގައި އަސަރު ކުރި ފަރާތްތަކަށް ދިވެހިންގެ ނަމުގައި އަޅުގަނޑު ތައުޒިޔާ ކިޔަން. އަޅުގަނޑުގެ ހެޔޮ ދުއާތައް ވަނީ ބޮޑު ވަޒީރު ނަރެންދްރާ މޯދީއާއި އިންޑިއާ ސަރުކާރާއި އިންޑިއާގެ ރައްޔިތުންގެ އެކީގައި" ރައީސް ސޯލިހް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ. [embed]https://twitter.com/ibusolih/status/1665181630909104134?s=20[/embed] އިންޑިއާގައި ހުކުރު ދުވަހުގެ ރޭ ހިނގައިދިޔަ އެ ރޭލު އެކްސިޑެންޓަކީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ. މި ހިތާމަވެރި ހާދިސާގައި ދެ ފަސިންޖަރު ރޭލަކާއި މުދާ އުފުލާ ރޭލެއް ޖެހި300 ހާ މީހުން މަރުވެ 1000 އެއްހާ މީހުންނަށް ޒަަހަމްވިއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ތާށިވެފައި ތިބި ފަސެންޖަރުންނާއި ޒަހަމްވި ހުރިހާ ފަސިންޖަރުން ސަލާމަތްކޮށްފައިވާކަން އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ބޮޑުވަޒީރު މޯދީ، އަމިއްލަފުޅަށް އެކްސިޑެންޓް ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، މިއީ ވޭންދެނިވި ހާދިސާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުނުވި ނަމަވެސް، އިބްތިދާއީ ރިޕޯޓަކުން ދައްކާ ގޮތުގައި ސިގްނަލް ފެއިލްވުމަކީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ސައުތު އީސްޓަން ރޭލްވޭގެ ޗީފް ޕަބްލިކް ރިލޭޝަންސް އޮފިސަރު ކޭއެސް އާނަންދު ވިދާޅުވިއެވެ. އެކްސިޑެންޓްގައި ބައިވެރިވި ދެ ޕެސެންޖަރު ރޭލުގައި ގާތްގަނޑަކަށް 2،000 ފަސިންޖަރުން ތިބި ކަމަށް ބެލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ