މާލެ: 31°C
ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރިއަށް ދާންވާނީ ރައްޔިތުން އެދޭގޮތަށް: ރައީސް

ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރިއަށް ދާންވާނީ ރައްޔިތުން އެދޭގޮތަށް: ރައީސް

March 3, 2024
2 ފަހަރު ބަލާފައި
ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރިއަށް ދާންވާނީ ރައްޔިތުން އެދޭގޮތަށް: ރައީސް
ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ދާންވާނީ ރައްޔިތުން އެދޭގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރ. ވާދޫ ކައުންސިލާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު އަލިފުށީގައި ބޭއްވެވި ބައްދަކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން، ވާދޫގެ ތަރައްގީއަށް މިވަގުތު އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ކޮނިކޮށި އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ބަނދަރު ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށުން ގޯތި ދޫކުރެވޭނެ ގޮތް ވީހާވެސް އަވަހަށް ވެގެންދިއުމުގެ މުހިންމުކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ފެނާ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ކައުންސިލުން ފާހަގަކުރެއްވިއެވެ.މީގެ އިތުރުން ވެސް ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަމާއި އަދި މިނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމުކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ތަރައްގީގެ ކަންކަން ކުރިޔަށްގެންދާނީ ރަށުގެ ރައްޔިތުން އެދޭގޮތަށްކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ