މާލެ: 31°C

ރައީސްކަމުގެ ކޮންމެ ދުވަހެއް ހޭދަކުރީ ދިވެހިން އެއްބައިވަންތަކުރުމުގައި: ރައީސް

December 26, 2022
2 ފަހަރު ބަލާފައި
ރައީސްކަމުގެ ކޮންމެ ދުވަހެއް ހޭދަކުރީ ދިވެހިން އެއްބައިވަންތަކުރުމުގައި: ރައީސް
ރައީސްކަމުގެ ކޮންމެ ދުވަހެއް ހޭދަކުރީ ދިވެހިން އެއްބައިވަންތަކުރުމުގައި: ރައީސް
ރައީސްކަމުހައި މިހައިތަނަށް ހޭދަކުރެއްވި ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދަމަހައްޓަވަން މަސައްކަތް ކުރެއްވި ދުވަހެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ގައުމީ އެއްބައިވަންތަކަމުގެ ދުވަަސް ފާހަގަކުރަން މ. ކޮޅުފުށީގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޮންމެ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހެއް ކަމަށާއި އެއްބައިވަންތަކަމަށް ޓަކައި މަސައްކަތް ކުރަން ޖެހޭ ދުވަހެއް ކަމަށެވެ. ކޮންމެ ދުވަހަކީ އެއްބައިވަންތަކަމަށް ބޭނުންވާ ދުވަހެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
" އަޅުގަނޑު ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމަށް މި މަގާމުގައި މި ހޭދަކުރި 1،501 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރި ދުވަހެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ނުކުންނެވި އިރު އެމަނިކުފާނުގެ ކުރިފުޅުމަތީގައި އޮތް އެންމެ ބޮޑުު ކަމަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ހަމަޖެހުން ގެއްލި ބައިބައިވެފައި އޮތް އޮތުމެވެ. ސިޔާސީ ބޭނުމަށް ޓަކައި ވަކި ބަޔަކު ރާއްޖޭގެ ހަމަޖެހުން ނަގައިލަމުން ދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑަށް ވިސްނުނީ އެންމެ ފުރަތަމަ އަޅުަގަނޑު ކުރަން ޖެހޭނެ ކަމަކީ މުޖުތަމައުގައި ސުލްހަވެރިކަން ގާއިމްކުރުމޭ. އަދި ދިވެހިން އެއްބައިވަންތަކޮށް، އެކުވެރިކަމާ އެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުމޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ. އެއްބައިވަންތަ ކުރެވޭނީ ހިދުމަތް ދިނުމުގައި ތަފާތުނުކޮށް ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމްކޮށްގެން ކަމަށާއި އަސާސީ ހިދުމަތް ފޯރުކޮށްދޭން ސަރުކާރުން ފެށި ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ތަފާތުނުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ