ރައީސް ޔާމީންގެ އިސްތިއުނާފް ބަލައިނުގަނެގެން އިދިކޮޅު ލީޑަޝިޕް ހައިކޯޓަށް

ރައީސް ޔާމީންގެ އިސްތިއުނާފް ބަލައިނުގަނެގެން އިދިކޮޅު ލީޑަޝިޕް ހައިކޯޓަށް
ލިޔުން:
ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން އެމައްސަލަ ބަލައި ގަތުމާއިމެދު ގޮތެއް ނިންމާފައި ނުވާތީ ޕީޕީއެމްޕީއެންސީގެ އިސް ބޭފުޅުން ހައިކޯޓަށް ވަޑައިގެންފިއެވެ.
މިއަދު ހައިކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ އެބޭފުޅުން ކޯޓަށް ވަޑައިގެންނެވީ މިމައްސަލަ ބަލައިނުގަނެ ގޮތެއްނުނިންމާ ލަސްވަމުންދާތީކަމައެވެ.
" އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް މައްސަލަ ބަލައިގަތްކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ ، މިމައްސަލަ ބަލައިނުގަނެ ގޮތެއްނުނިންމާ ލަސްވަމުންދާ ތީ އެއީ އަޅުގަނޑު މެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް، އެހެންވެ އެ އޮޅުން ފިލުވަން މިއައީ އެކަމަކު ރައީސް އާ ބައްދަލު ކުރެވޭ ގޮތެއް ނުވި، އަޅުގަނޑު މެން މި ނިކުތީ މިއައީ ކީއްވެގެންކަން ދަންނަވާފަ " އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ 14 ދުވަސް ތެރޭގައި ޖަވާބު ދޭން ގާނޫނުގައި އޮތަސް މައްސަލައިގެ ގޮތުން އިސްކަންދޭން ޖެހޭ މައްސަލަ ހުންނާނެ ކަމަށެވެ.
" ކޮންމެހެން 14 ދުވަސް ހަމަކުރަން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އޭގެ ކުރިން ވެސް މިކަމަށް ޖަވާބު ދެވިދާނެ. މިހާރު އަޅުގަނޑުމެން މިކުރަނީ ހަމައެކަނި ޕީޕީއެމް، ޕީއެންސީގެ މަސައްކަތެއް ނޫން. މިހާރު މިކުރަނީ ދިވެހި ރައްޔިތުންގެ މަސައްކަތެއް." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ކޯޓުން އެބޭފުޅުންނާ މިއަދު ބައްދަލު ނުކުރިކަމުގައި ވިޔަސް އަދި މާދަމާ ވެސް ކޯޓަށް ވަޑައިގަންނަވާނެކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ވ. އާރަށް ކުއްޔަށްދިން ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އިރު، އިދިކޮޅުން ވަނީ، ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީންގެ ނަން އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
