
ރައީސް ޔާމީން ގެ މަންމާފުޅު އަވަހާރަވެއްޖެ
ރައީސް ޔާމީން ގެ މަންމާފުޅު އަވަހާރަވެއްޖެ
ލިޔުން:
ކުރީގެ ރައީސް އަދި ޕީޕީއެއްމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅު ފާތިމަތު ހަސަން މިއަދު ހެނދުނުގެ ވަގުތެއްގައި ސްރީލަންކާގައި އަވަހާރަވެއްޖެއެވެ.
މަންމާފުޅު އަވަހާރަވީ އިރު އުމުރުފުޅަކީ 86 އަހަރެވެ. އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާ އޮތީ މިރޭގެ ވަގުތެއްގައެވެ.
މަންމާފުޅު އަވަހާރަވި އިރު ރައީސް ޔާމީން ހުންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށްސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއްގައެވެ.
ރިޝްވަތު ހިފުމުގެ ކުށާއި މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން އަށް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރުމަހުގެ 25 ގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
