
ރައީސް ޔާމީން އަށް ކުރިހުކުމަކީ ދިވެހި އުންމަތަށް ލިބުނު ނިކަމެތި ކަމެއް: މާލޭސިޓީ ކައުންސިލް
ރައީސް ޔާމީން އަށް ކުރިހުކުމަކީ ދިވެހި އުންމަތަށް ލިބުނު ނިކަމެތި ކަމެއް: މާލޭސިޓީ ކައުންސިލް
ލިޔުން:
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް ކުރިހުކުމަކީ މާލޭ ސިޓީ އާއި މުޅި ދިވެހި އުންމަތަށް ލިބިގެންދިޔަ ނަކަމެތި ކަމެއްކަމުގައި މާލޭ ސިޓީ ކައުންސިލްއިން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ މާލޭ ސިޓީ ކައުންސިލާއި ރައްޔިތުން ނިހާއަތަށް ކަންބޮޑުވާކަމަށާއި، އަދި އެމަނިކުފާނުގެ މައްޗަށް މިއިއްވި ހުކުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ވަރަށް ގިނަ ރައްޔިތުންތަކެއްގެ ރުހުމާއެކު ނިކުނެވުމުން، އެފުރުސަތު އެމަނިކުފާނުގެ ކިބައިން ނިގުޅައިގަތުމުގެ ނިޔަތުގައި ކޮށްފައިވާ ހުކުމެއްކަމުގައެވެ.
[embed]https://twitter.com/MaleCitymv/status/1607271202665680896?s=20&t=nlcREv50EE_si6f7Oavg8A[/embed]
ރައީސް ޔާމީނުގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުއިން ނުހައްގުން ޖަލު ހުކުމެއް ކޮށްފައިވާކަމަށާ އަދި އެހުކުން ވަނީ ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ބާތިލް ކޮށްފައި ކަމުގައި ސިޓީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.
..."ސައްކެއްނެއް ގޮތުގައި މި ހުކުމަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްފައިވާ ހުކުމެއްކަމާއި، ހުކުމްކޮށްފައިވަނީ ފާސިގުންގެ ހެކިބަހާއެކުކަން އެނގި ހާމަވެއެވެ". ބަޔާނުގައި ބުނެފައި ވެއެވެ.
ރައީސް ޔާމިންއަށް ކޮށްފައިމިވާ ހުކުމުން ފެންނަނީ އަދުލު އިންސާފުގެ ނިޒާމު ބޮސުންލައިފައިވާ މިންވަރުކަމަށާއި، މިކަނުގައި ރައީސް ޔާމިން އަށް އިންސާފު ހޯދައި ދިނުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މާލޭ ސިޓީ ކައުންސިލުން އަޑުހަރުކޮށް ގޮވާލާކަމުގައި މާލޭ ސިޓީކައުންސިލް އިން ބުނެފައިވެއެވެ.
ވ. އާރަށުގެ މައްސަލަ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ވަނީ 11 އަހަރުގެ ޖަލުހުކުމެއް ކޮށްފައެވެ. މި ހުކުމާ ގުޅިގެން އިދިކޮޅު ގުޅިފައިވާ ޕާޓީތަކުން ވަނީ ރޭ މާލޭގައި މުޒާހަރާކޮށް ނުރުހުން ފާޅުކޮށްފައެވެ. މި މުޒާހަރާއާ ގުޅުގެން ފުލުހުން ވަނީ 16 މީހަކު ހައްޔަރުކޮށްފައެވެ. ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
