
ރައީސް ޔާމީނުގެ އިސްތިއުނާފް ލަސްވާތީ ޑރ.ޖަމީލް ނުރުހުން ފަނޑިޔާރުނަށް
ރައީސް ޔާމީނުގެ އިސްތިއުނާފް ލަސްވާތީ ޑރ.ޖަމީލް ނުރުހުން ފަނޑިޔާރުނަށް
ލިޔުން:
އިންތިހާބުތަކާ ދިމާކޮށް ކުރީގެ ރައީސް ޔާމީނުގެ އިސްތިއުނާފް ލަސްވަމުންދާ މައްސަލާގައި އެމަނިކުފާނުގެ އެންމެ އިސް ވަކީލު، ޑރ.މުހައްމަދު ޖަމީލު އަހުމަދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ޑރ.ޖަމީލް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންނަކީ ދުސްތޫރުގެ ސްޕްރިމަސީ ނަގަހައްޓަން ހުވާކޮށްގެންތިބި ޒިންމާދާރު، އަދި ސިޔާސީނުވެ، ވަކިފަރާތަކަށް ނުޖެހި ގާނޫނުގެ ވެރިކަން ދަމަހައްޓަންތިބި ބައެއް ކަމަށްވާއިރު، އެބޭފުޅުންގެ ފަރާތުން އެކަން ނުފެންނަ ކަމަށެވެ.
މިނިވަން ޖުޑިޝަރީއެއްގެ އެންމެ އަސާސީ އެއް ސިފައަކީ، އެއްވެސް ބިރެއް، ޖެހިލުމެއްނެތި ވަކި ފަރާތަކަށް ނުޖެހި، އަދި ނުބައި ނިޔަތެއްނެތި އަދި ވަކި މީހަކަށްވީތީ ތަފާތުކުރުމެއްނެތި، ނުބައި ނިޔަތެއްނެތި އަދުލުވެރިކަމާއެކު މައްސަލަތައް ނިންމުމެވެ. ޑރ.ޖަމީލް ވިދާޅުވީ އުސޫލުތައް މިގޮތަށް އޮތްނަމަވެސް އިންތިހާބުތަކާ ދިމާކޮށް ރައީސް ޔާމިނުގެ މައްސަލައިގެ އިސްތިއުނާފް ކޯޓުތަކުން ލަސްވާތަން ފެންނައިރު، ރައީސް ޔާމިނުގެ މައްޗަށް ކުށެއް ސާބިތުކުރަން ބޭނުންވީމައި، އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ހުކުމް ޖަހާތަން ފެނިގެންދާކަމަށެވެ.
މި ބަޔާނުގައި ޑރ.ޖަމީލް ވިދާޅުވީ ކަންކަން ހިނގާ ގޮތަށް ބަލާއިރު، ރައީސް ޔާމިނަށް މިއަދު ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑީޝަރީން ކަށަވަރުކޮށްދޭ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.
ރައީސް ޔާމިނުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ވިދާޅުވަމުން ގެންދަވާއިރު، މިފަހުން އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ރައީސް ޔާމިނުއަށް އިންސާފް ލިބުމަކީ ގައުމަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށާއި، އުއްމީދުކުރަނީ އެމަނިކުފާނަށް ވަރަށް އަވަހަށް އިންސާފް ލިބިގެންދާނޭކަމަށެވެ.
އަދި އަދުގެ ސަރުކާރަކުން ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ނުފޯރުވާނޭކަމަށާއި، އެގޮތުން ކޯޓުގައި މިހާރު ހިނގަމުންދާ ރައީސް ޔާމީނުގެ މައްސަލައަށް ސަރުކާރުގެ އެއްވެސް މީހަކު ހުރަސްއަޅައި ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިހާދުވަސްވީއިރު ރައީސް ޔާމިނަށް އިންސާފްލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނޭ ގޮތެއް ނޫންކަމަށާއި، އެމަނިކުފާނަށްވެސް އިންސާފް ލިބެންޖެހޭނެ އެ ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ. މިގޮތުން އިންސާފް ލަސްވުމަކީ އިންސާފް ނުލިބުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާގެ ތެރެއިން ދާދި އަވަހަށް ރައީސް ޔާމިނަށް އިންސާފް ލިބިގެންދާނޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
