މާލެ: 31°C

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރާނެ ދުވަހެއްވެސް ނޭނގެ!

January 31, 2023
2 ފަހަރު ބަލާފައި
ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރާނެ ދުވަހެއްވެސް ނޭނގެ!
ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރާނެ ދުވަހެއްވެސް ނޭނގެ!
ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ. ރިޝްވަތު ހިފުމުގެ ކުށާއި މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމީން އަށް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރުމަހުގެ 25 ގަ އެވެ. ޔާމީނަށް ކުރި އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ހަމަ އެ ދުވަހު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އާދަމް ޝަމީމް ވިދާޅުވީ އިސްތިއުނާފު ކުރެވޭނެ ވަކި ތާރީޚެއް ނޭނގޭ ކަމަށެވެ. އެއީ، މަސައްކަތުގެ ބުރަ ކަމާއި ބޮޑު ކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ދަތި، މިވެނި ދުވަހަކު ލާނަމޭ އެހެން ދަންނަވަން. ވަރަށް ބުރަ، ވަރަށް ބޮޑު މަސައްކަތެއް މި ކުރަނީ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ދައުލަތަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށާއި ހައިކޯޓުން މައްސަލަ ކާމިޔާބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އެ މައްސަލަ އިސްތިއުނާފު ކުރަން ދިފާއުއަށް 60 ދުވަހުގެ މުއްދަތެއް ލިބިދީފައިވާއިރު އެ މުއްދަތް ހަމަވާން މާގިނަދުވަހެއް ނެތެވެ. އެހެން ކަމުން އިސްތިއުނާފު ލަސްވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިސްތިއުނާފީ މަރުހަލާ ނުނިމިދާނެތީއެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ހުރިހާ ވެސް އުންމީދަކީ އެމަނިކުފާނަށް މިފަހަރުގެ އިންތިޚާބުގައި ވެސް ވާދަކުރެއްވުމެވެ. އެމަނިކުފާނަށް ޖަލު ހުކުމްކޮށްފައި ވަނީ ރިޔާސީ ޓިކެޓްވެސް ދީފައިވަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ