މާލެ: 31°C

ރައީސް ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ: ރައީސް ސޯލިހު

January 20, 2023
2 ފަހަރު ބަލާފައި
ރައީސް ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ: ރައީސް ސޯލިހު
ރައީސް ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ: ރައީސް ސޯލިހު

ކުރީގެ ރައީސް ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ވާދަވެރިޔާ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.

ރައީސް ނަޝީދު ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ޔާމީންއަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކަމަށް ވިދާޅުވެ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.

އެމްޑީޕީގެ ސިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނުކުރެވޭނެ އަދި ކުރަން ހެޔޮނުވާ ކަންކަން ހުންނާނެ ކަމަށާއި ރައީސް ޔާމީން އޯކޭއެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި ޤައުމަށް ހަމަޖެހުން އޮތީ އެމަނިކުފާނަށް މި ޓިކެޓް ލިބިގެންކަމަށް ވިދާޅުވިއެވެ. "ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ފުރުސަތު ގެއްލިއްޖެނަމަ ކަން ދިމާވާ ގޮތް އަޅުގަނޑުމެން ދެކެފިން. ދައުލަތުގެ ބަޖެޓުން ހަރަދުކުރާނީ ތަރައްގީގެ މަޝްރޫއުތަކަށްތޯ ނުވަތަ ޕެޕާ ސްޕްރޭ އާއި ކަރަންޓު މުގުރުތޯ ނިންމާނީ ތި ބޭފުޅުން،" އެމަނިކުފާނު ވިދާޅުވި އެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ