މާލެ: 31°C
ރައީސް ވިދާޅުވިގޮތަށް މިހަފްތާތެރޭ ފްލެޓް ލިޔުން ދޭން މިނިސްޓްރީއިން ދެކޮޅުހަދައިފި

ރައީސް ވިދާޅުވިގޮތަށް މިހަފްތާތެރޭ ފްލެޓް ލިޔުން ދޭން މިނިސްޓްރީއިން ދެކޮޅުހަދައިފި

January 11, 2024
3 ފަހަރު ބަލާފައި
ރައީސް ވިދާޅުވިގޮތަށް މިހަފްތާތެރޭ ފްލެޓް ލިޔުން ދޭން މިނިސްޓްރީއިން ދެކޮޅުހަދައިފި

ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ހައުސިން ސްކީމްގެ  ރަޖިސްޓްރީ މި ހަފުތާގެ ނިޔަލަށް ހަވާލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، ހަފްލެޓު ލިޔުން ދޫކުރުމުގެ މަސައްކަތް ފަށާނީ އޭސީސީން މައްސަލަ ބަލައި އެންގުމުން ކަމަށް ހައުސިން މިނިސްޓްރީއިން ރޭ ބުނެފިއެވެ.

ގެޒެޓުކޮށްފައިވާ ލިސްޓުގައިވާ ގޮތަށް ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ މިހަފްތާގެ ނިޔަލަށް ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ޖެނުއަރީ 2، 2024 ގަ އެވެ.

ނަމަވެސް ރޭ ހައުސިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ފްލެޓް އެގްރިމެންޓް ހަވާލު ނުކުރާނެ ކަމަށެވެ. އެ މިނިސްޓްރީއިން ބުނީ ، މިނިސްޓަރު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިގޮތަށް ފްލެޓް ދޭނީ އޭސީސީ އިން މައްސަލަ ނިންމުމުން ކަމަށެވެ. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ނޮވެމްބަރު 19، 2023 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭސީސީން މި ސްކީމުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާތީ ކަމަށެވެ. އޭސީސީ އަށް ގާނޫނީ ގޮތުން އެއްވެސް އިދާރާ އަކުން ހިންގާ ޕްރޮޖެކްޓެއް ހުއްޓުވުމުގެ ބާރު ލިބިފައި ނުވާކަން އެ ދުވަހު ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ. މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވަނީ، ފްލެޓް ދިނުމުގެ މަަސައްކަތް އަލުން ފަށާނީ އޭސީސީއިން ހުއްދަ ދިނުމުން ކަމަށެވެ. [embed]https://twitter.com/MHLUDmv/status/1745139981860155743[/embed] ފްލެޓުތަކުގެ ލިޔުން ހަވާލު ކުރުން ހިފަހައްޓައި މިނިސްޓީއިން ވަނީ  ގޯތީގެ ލިޔުންތައް ހަވާލުކުރުމުގެ މަސައްކަތް ފަށާފައެެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ