
ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން އެބައޮތް: ދިއްދޫ ކައުންސިލް
ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން އެބައޮތް: ދިއްދޫ ކައުންސިލް
ލިޔުން:
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ދިއްދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ރައީސް ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ މަގުތައް ތަރައްގީކުރަން ބޭނުންވާކަމަށާއި، ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމަށް އިތުރު ވަސީލަތްތައް ބޭނުންވާކަމަށާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ބޭނުންވާކަމުގައި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ގެންދަން ބޭނުންވާކަމަށާއި، ދިއްދޫ އިންޖީނުގޭގެ ހާލަތު ވަރަށް ދަށްކަމުގައި ފާހަގަކުރައްވައި އެކަމަށް އަވަސް ހައްލެއް ބޭނުންވާކަމުގައިވެސް ކައުންސިލުން ރައީސް ހިއްސާ ކުރެއްވިއެވެ.
މީގެ އިތުރުން ދިއްދޫ ކައުންސިލުންވަނީ މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ފާހަގަކުރައްވައި، މިހާރު ފަށާފައިހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުންވެސް މުސްތަގުބަލުގައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަންވެސް ކައުންސިލުންވަނީ ރައީސް ހިއްސާކުރައްވާފައެވެ.
ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މަސައްކަތްކުރާނެ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ހުރިހާކަމެއް ކޮށްދެއްވާނެކަމުގައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެވެން އޮތް ގޮތްތައް ބައްލަވައި އެކަންކަން ކުރިއަށް ގެންދަވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ދިއްދޫ ކައުންސިލް ބައްދަލުވުމުގެކުރިން ރައީސް ޑރ. މުއިއްޒު ވަނީ ދިއްދޫ ކައުންސިލް އިދާރާގެ އާ އިމާރަތް ހުޅުވައިދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
