މާލެ: 31°C
ރައީސް ވަކިކުރާ މާއްދާއަށް އަމަލުކުރުން ސްޕްރީމް ކޯޓުން ހުއްޓުވައިފި

ރައީސް ވަކިކުރާ މާއްދާއަށް އަމަލުކުރުން ސްޕްރީމް ކޯޓުން ހުއްޓުވައިފި

February 8, 2024
4 ފަހަރު ބަލާފައި
ރައީސް ވަކިކުރާ މާއްދާއަށް އަމަލުކުރުން ސްޕްރީމް ކޯޓުން ހުއްޓުވައިފި
ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭގޮތަށް މަޖިލީޙުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް އެންމެ މަތީ ކޯޓް، ސްޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ރައީސް މަގާމުން އަޒުލުކުރެވޭގޮތަށް މަޖިލީހުގެ ގަވައިދަށް އެ އިސްލާހުތައް ބާތިލްކުރުމަށް ހުށަހަޅާފައިވަނީ ސަރުކާރުންނެވެ. ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކުކުރެވޭނީ ރައްޔިތުން މަޖިލީހުގެ ތިންބައި ކުޅަ ދެބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ގެނައި ބަދަލުގައިވާގޮތުން ރައީސް ވަކިކުރުމަށް ޓަކައި ހުސްގޮނޑިތައް ނުގުނާ ގޮތަށެވެ. ރައްޔިތުން މަޖިލީހުގައި މިވަގުތު 7 ގޮނޑިއެއް ވަނީ ހުސްވެފައެވެ. ރައީސް މަގާމުން އަޒުލުކުރެވޭގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އެ އިސްލާހަށް ބަލާއިރު، އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް ރައީސް ވަކިކުރުމުގެ ފުރުސަތު އެބައޮތެވެ. މި މައްސަލައިގައި މިއަދު ސްޕްރީމް ކޯޓުން އެ އަމުރު ނެރުއްވާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. އެ ފަނޑިޔާރުންގެ ރައުޔުގައި ބުނެފައިވަނީ، އާއްމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭން ޖެހޭ ކަމަށެވެ. ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ރައުޔު ތަފާތުވި ފަނޑިޔާރުންނަކ،ީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ސޮއި ހަމަކޮށްފައ ިވީނަމަވެސް އަދި މިހާތަނަށް މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެއް ނުވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ