
ރައީސް ސޯލިހު ވިދާޅުވަނީ ރައީސް ޑރ. މުޢިއްޒުއަށް ބާރުތައް ދޭން ހެޔޮ ނުވާނެ ކަމަށް
ރައީސް ސޯލިހު ވިދާޅުވަނީ ރައީސް ޑރ. މުޢިއްޒުއަށް ބާރުތައް ދޭން ހެޔޮ ނުވާނެ ކަމަށް
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ޖަލްސާތަކުގައި ވާހަކަ ދައްކާއިރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވާ ވާހަކައެއް އެބައޮތެވެ. އެއީ ރރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބާރުތައް ނުދިނުމެވެ. އޭނާ ވިދާޅުވާ ގޮތުންނަމަ ޑރ. މުޢިއްޒުގެ ސަރުކާރަށް ބާރު ދިން ވަރަކަށް އެ ބާރުތައް ލައްވަނީ މުށުތެރެއަށް ކަމަށާއި އެއީ ހުދުމުހުތާރު ވެރިންގެ ސިފައެއް ކަމަށެވެ.
މި މޭރުމުން އެންމެ ފަހުން ސޯލިހު ވާހަކަ ދައްކަވާފައި ވަނީ ތ. ކިނބިދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
"މިއީ ދޮގު ހަދައި، އޮޅުވާލައިގެން ވެރިކަމަށް އައި ސަރުކާރެއް. މިމީހުންނަށް ބާރުތައް ދޭން ހެޔޮނުވާނެ. ވަގުތާއި، ބާރުތައް ދިން ވަރަކުން މި ސަރުކާރުން ގެންދާނީ އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުން،" ރައީސް ސާލިހު ވިދާޅުވިއެވެ. "މި ސަރުކާރުން ގެންދަވަނީ ވަޒީފާގެ ބިރު ދައްކަމުން. ހިތަށް އެރީމައި ހިތަށް އެރި މުވައްޒަފަކު ކަނޑާލަނީ، މިކަންތައްތައް އެބަޖެހޭ ހައްލު ކުރަން. އެ ބިރުވެރިކަމުން ގައުމު އެބަޖެހޭ ސަލާމަތް ކުރަން."
އެމްޑީޕީގެ ވެރިކަމުގައި އެއްވެސް މިންވަރަކަށް ވަޒީފާގެ ބިރު ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މަޖިލީސް ގޮނޑިތަކަށް މެންބަރުން ކަނޑައެޅުމުގައި ސަމާލުވާން ޖެހޭކަމަށް ރައީސް ސާލިހު ވިދާލުވިއެވެ. އެގޮތުން މަޖިލިސް އެކީ ޕީޕީއެމްއަށް ދީފި ނަމަ އިއާދަ ވާނީ ބިރުވެރި ދުވަސްތަކެއްކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ އާއި ރައީސް ސޯލިހު ރިޔާސީ އިންތިހާބުން ފެއިލްވުމުން އެމަނިކުފާނުގެ ސަރުކާރާ ގުޅޭ ގޮތުން ދޮގު ހަދަމުން ގެންދާ ކަމަށާއި ސަރުކާރުގެ އަގު ވައްޓާލަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
