
ރައީސް ސޯލިހު ސާބިއާގެ ރައީސާ ބައްދަލުކުރައްވައިފި
ރައީސް ސޯލިހު ސާބިއާގެ ރައީސާ ބައްދަލުކުރައްވައިފި
ލިޔުން:
ސާބިއާގެ ރައީސް އަލެކްސާންޑަރް ވޫޗިޗްއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ، ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ ހަވާސާގައި ބޭއްވެވި އެ ބައްދަލުވުމުގައި ރައީސް ސޯލިހު އާއި ސާބިއާގެ ރައީސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި އެ އެއްބަސްވުންތަކާ އެކު ކުރިއަށް ދާން ޖެހޭ ކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ ބައްދަލުކުރެއްވުން ނިންމާލެއްވީ ދެބޭފުޅުންވެސް ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި، ކްރޮސް ސެކްޓަރ އެއްބާރުލުން އަލުން އާކުރުމަށް އުންމީދުކުރައްވާކަމުގައި ފާހަގަކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
