އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކެންޕެއިނަށް ކ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން، މިއަދުގެ ފަހު މަންޒިލް މާފުއްޓަށް ވަޑައިގެންފިއެވެ.
ރައީސް ސޯލިހު މާފުށްޓަށް އަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުން ވަނީ ސަގާފީ ހަރަކާތްތަކާއިއެކު އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
[embed]https://twitter.com/MDPSecretariat/status/1679469774466879488[/embed] މާފުށީގެ އިތުރުން، ރިޔާސީ އިންތިހާބު ކެމްޕެއިނަށް މާލެ އަތޮޅު ގުޅި، އަދި ގުރައިދޫ އަށްވެސް ރައީސް ސޯލިހު ވަނީ މިއަދު ވަޑައިގެންފައެވެ.ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ހަފްތާގައި ރައީސް ސޯލިހު ވަނީ ށ އަތޮޅުގެ ހަތަރު ރަށަކަށް ވެސް ޒިޔާރައް ކުރައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ޞާލިހުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ބައްލެއްވުމަށް ވަނީ ހަމަޖެހިފައެވެ.







